ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ވަރަށް ގޯސްވެ، ތިލަދުންމަތިން ފެށިގެން ހުވަދު އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރެފި އެވެ. މި އެލާޓު ނެެރެފައިވަނީ މިއަދު ހެނދުނު 11:15 އިން ހަވީރު ފަހެއް ޖަހަންދެނެވެ. އެ އިދާރާއިން ބުނީ އެ ހިސާބުތަކަށް 30 މޭލާއި 38 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 50 މޭލު ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށް ވެސް ބުނެފައި ވެ އެވެ. ޔެލޯ އެލާޓް:ވައި ޖެހޭ ބާރުމިން ގަޑިއަކު 40-30 މޭލަށް އެރުމުގެ ފުރުސަތު އޮތުން ދެ ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން ބޯކޮށް ވާރޭ ވެހުންވަރުގަދައަށް ގުގުރުން ނުވަތަ އެ ފުރުސަތު އޮތުންއެކަށީގެންވާ ވަރަށް ވުރެ ކަނޑު ގަދަވެ، ރާޅުތައް ބޮޑުވުން ކުރިއަށް އޮތް ދެ ދުވަހު ވެސް މޫސުން ރަނގަޅު ނުވާނެ ކަމަށް މެޓުން ބުނެ އެވެ. ނަމަވެސް އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް މިހާރަށްވުރެ މޫސުން ރަނގަޅުވާނެ ކަމަށް ބުނެފައި ވެ އެވެ. ރޭ ދެކުނުގެ ހިސާބުތަކަށް ވިލާގަނޑުގައި 63 މޭލުގެ ބާރުމިނުގައި ވެސް ވައިޖެހިފައި ވެ އެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ހަތް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައ ވައިޖެހޭނެ އެެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭއިރު ވިލާގަނޑުގައި ގަޑިއަކު 35 މޭލާއި 45 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށް މެޓުން ބުންޏެވެ. ކުރިއަށް އޮތީ އަޟުހާ އީދުގެ ބަންދު ދުވަސްތަކަށް ވުމުން ގިނަ ބަޔަކު ދަތުރުކުރާނެތީ މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސް ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ