އަޅުގަނޑު ވަކިކުރާކަށް ޑީއާރުޕީގެ ކައުންސިލަކަށް ހުށައެއްނޭޅޭނެ: އުމަރު

14:30ޑީއާރުޕީގެ ނާއިބު ލީޑަރު ކަމުގައި ހުންނެވި އުމަރު ނަސީރު، ޕާޓީން ވަކި ކުރުމަށް އެދި ޕާޓީގެ ކައުންސިލަށް ހުށަނޭޅޭނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.އުމަރު ނަސީރު ޑީއާރުޕީން ވަކި ކުރުމަށް ޕާޓީގެ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް ދެކެވޭ ވާހަތައް ދޮގު ކުރައްވައި އުމަރު ނަސީރު މިއަދު ވިދާޅުވީ، ޕާޓީގެ ނާއިބު ޒައީމަކާ މެދު އިތުބާރު ނެތް ކަމުގެ ވޯޓު ނެގޭނީ ޕާޓީގެ ކޮންގްރެސްގައި ނުވަތަ ޕާޓީގެ ގައުމީ ޖަލްސާގެ ތިންބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން ކަމަށް އަސާސީ ގަވާއިދު ބުނާތީ، ޕާޓީގެ ކައުންސިލަށް އޭނާ ވަކި ނުކުރެވޭނެ ކަމަށެވެ. އަދި އޭނާ ޕާޓީން ވަކި ކުރުމަށް ކައުންސިލަށް ހުށަހަޅައިފައި ނުވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.އުމަރު އަދި ވިދާޅުވީ، ޕްރައިމަރީއަކުން ރިޔާސީ ގެނޑިޑޭޓް ހޮވުމަށް، ޕާޓީ ތެރޭގައި އުމަރު ގެންގުޅޭ ހިޔާލަށް ތާއީދު ނުކުރާ މެންބަރުން ޕާޓީގައި ހިމެނޭ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި ޕާޓީގެ މަސައްކަތަށް އެއްވެސް ބުރުލެއް ނާންނަ ކަމަށާއި، އެކަމުގައި އިތުރު ޕްރެޝަރެއް ނާންނަ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަދި ޕްރައިމަރީއަކުން ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ހޮވުމަށް އުމަރު ގެންގުޅޭ ހިޔާލު ކުރިއަށް ގެންދާނެ ކަމަށާއި، އެކަމަކީ ޕާޓީ ކައުންސިލްގެ އެއްވެސް މެންބަރަކަށް އޮޅިފައިވާނެ ކަމެއްނޫން ކަމަށް ވެސް އުމަރު ނަސީރު ވިދާޅުވި އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ