ޖޭޕީގެ ވެރިކަމެއްގައި އިސްލާމީ ޝަރީއަތް ތަންފީޒު ކުރާނަން: ގާސިމް

ޖޭޕީގެ ވެރިކަމެއްގައި އިސްލާމީ ޝަރީއަތް ގާއިމް ތަންފީޒު ކުރައްވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ޔަގީންކޮށް ދެއްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ދިވެހިރާއްޖޭގެ އަޑާއެކު ގާސިމް އިބްރާހިމް" މިނަމުގައި ރޭ ދިވެހިރާއްޖޭގެ އަޑުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގައި އިސްލާމީ ޝަރީއަތް ގާއިމު ކުރައްވާނެ ކަމަށާއި އިސްލާމީ ޝަރީއަތުގައިވާ ގޮތަށް ހުކުމްތައް ތަންފީޒު ކުރަން ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކާއި ގަވާއިދުތައް ވެސް ހައްދަވާނެ ކަމަށެވެ.
ގާސިމްގެ ރަނިން މޭޓް އިއުލާން ކުރެއްވުމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ވިދާޅުވީ އެކަމަށް އަދި ލަސް ނުވާ ކަމަށާ ނަމަވެސް ކައިރި ދުވަސްތަކެއްގައި ރަނިން މޭޓަކު އިއުލާން ކުރައްވާނެ ކަމަށާއި ރިޔާސީ އިންތިހާބުގައި އެއްވެސް ޕާޓީއަކާއި ދެވަނަ ބުރުގައި ގުޅިގެން މަސައްކަތް ކުރަން ޖެހިއްޖެ ނަމަ އެކަން ނިންމާނީ ވަގުތު ޖެހުމުން ކަމަށެވެ. އަދި ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މާތްﷲ ގެ ވާގިފުޅާއެކު ޖޭޕީ ކާމިޔާބު ކުރާނެ ކަމަށެވެ.
އެހުންތެރިންގެ ސުވާލުތަކާއެކު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ގާސިމްގެ ވެރިކަމެއްގައި ޓުއަރިޒަމް ސިޔާސަތާއި މަސްވެރިކަމުގެ ސިނާއަތާއި، އެހެނިހެން ބައެއް ސިނާއަތްތައް ކުރިއަށް ގެންދިއުމުގައި ގެންގުޅުއްވާނެ ސިޔާސަތުތަކާއި ގުޅޭ މައުލޫމާތުވެސް ގާސިމް ވަނީ ހިއްސާ ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ