ގާސިމް އިބްރާހިމްގެ ގައުމީ ދުވަހުގެ ތަހުނިޔާ: އެކުވެރިވެ އެއްބައިވަންތަވުމަށް އެމަނިކުފާނު ގޮވާލައްވައިފި

ދިވެހި ޤައުމު ބައިބައިވެފައިވާ މިދަނޑިވަޅުގައި ހުރިހާ ރައްޔިތުންގެ ގުޅިގެން ޤައުމު ބިނާކުރުމަށް އަޒުމު ކަނޑައެޅުމަށް ރާއްޖޭގެ ރައްޔިތުންނަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމަގިލީ ދާއިރާގެ މެންބަރ ޤާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.
މާދަމާ މުޅި ރާއްޖޭގައި ފާހަގަކުރާ ޤައުމީ ދުވަހުގެ ތަޙްނިޔާ ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވަމުން އެމަނިކްފާނުގެ މެސެޖުގައި ވިދާޅުވެފައިވަނީ ޤައުމު ބައިބައިވެފައިވާ މި ނާޒުކު ވަގުތުގައި ޤައުމުގެ ކުރިއެރުމަށްޓަކައި ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއްކަމަށެވެ.
ޤައުމެއް ކުރިއަރާނީ އަދި ޤައުމެއް ތަރައްޤީވެގެންދާނީ އެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މައްޗަށްކަމަށް ވިދާޅުވެ ޤާސިމް އިބްރާހިމް ވަނީ ޤައުމީ ދުވަހު ހުރިހާ ރައްޔިތުންގެ އެންމެ ބޮޑު އަޒުމަކަށް ހަދަންވީ އެކުވެރިވެ އެއްބައިވަންތަކަން އާލާކުރުންކަމަށް ވިދާޅުވެފައެވެ.
މާދަމާ ފާހަގަކުރާ ދިވެހިންގެ ފަޚުރުވެރި ޤައުމީ ދުވަހުގެ ތަހްނިއްޔާ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ފޮނުވަމުން ޤާސިމް އިބްރާހިމްގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ ރާއްޖޭގެ ތަރައްޤީއާއި ޤައުމުގެ ކުރިއެރުމަށް އެމަނިކްފާނު އަބަދުވެސް އެދިވަޑައިގަންނަވާކަމަށެވެ.
އަދި ދިވެހިންނަކީ އެކުވެރިކަމާއި އެއްބައިވަންތަކުގެ ލާމަސީލު މިސާލް މީގެ ކުރިންވެސް ދައްކަމުން އައި ފަޚުރުވެރި ބައެއްކަން ފާހަގަކުރައްވަމުން ޤާސިމް އިބްރާހިމްގެ މެސެޖުގައި އެމަނިކްފާނު ވަނީ ޤައުމީ ދުވަހުގެ ބަތަލުންގެ އަގުހުރި ޒިކުރާއިން ފިލާވަޅު ލިބިގަނެ ޤައުމު ބިނާކުުރުމުގެ މަސައްކަތް ފެށުމަށް ހުރިހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ