އަހުމަދު އަރުޝަދުހަ އަހަރު ކުރިން ނިންމާފައިވާ ސިއްހީ ދާއިރާގެ ނިންމުންތައް ތަންފީޒުނުވާ މައްސަލާގައި ސާކު ގައުމުތަކުން މަޝްވަރާކުރަން ފަށައިފި އެވެ.
ދެހާސް ހަ ވަނަ އަހަރު ބޭއްވި ސާކް ސމިޓުން ނިންމާފައިވާ ސިއްހީ ދާއިރާގެ ނިންމުންތަކާ މެދު މަޝްވަރާ ކުރަމުންދަނީ އިއްޔެ ފެށި ސާރކުގެ ހެލްތް މިނިސްޓަރުންގެ ހަތަރު ވަނަ ބައްދަލުވުމުގަ އެވެ. ޕެރެޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށްދާ ދެ ދުވަހުގެ މުއްދަތައް ބާއްވާ ބައްދަލުވުން ހުޅުވައި ދެއްވީ ސާރކްގެ ސެކްރެޓަރީ ޖެނެރަލް އަޙުމަދު ސަލީމެވެ.އިއްޔެ ފެށި މި ބައްދަލުވުމުގެ ފުރަތަމަ ދަންފަޅީގައި މަޝްވަރާ ކޮށްފައިވަނީ 2006 ވަނަ އަހަރު ޑާކާގައި ބޭއްވުނު 13 ވަނަ ސާރކް ސަމިޓްގެ ރިޕޯޓްގައި ނިންމާފައިވާ ނިންމުންތަކާ ބެހޭގޮތުން ނެވެ. މި ރިޕޯޓްގައިވާ ކަންތައްތަކުގެ ތެރެއިން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ގިނަ ގައުމުތަކުން ފާހަގަ ކޮށްފައިވަނީ އެޗް.އައި.ވީ އޭޑްސް ކޮންޓްރޯލް ކުރުމަށް ޤައުމުތަކުން ނިންމާފައިވާ ކަންތައްތައް މޮނީޓަރ ކުރެވޭނެ ނިޒާމެއް ސާރކްގެ ތެރޭގައި ކަނޑައެޅިފައިވާނުވާ މައްސަލައެވެ. އެއް ޤައުމު އަނެއް ގައުމަށް ހިޖުރަކުރާ މީހުންގެ މެދުގައި އެއިޑްސް ފެތުރެމުންދާ މިންވަރު މޮނީޓަރކޮށް ބެލޭނެ ހަރުދަނާ ނިޒާމެއް ނެތުމާއި، ހިޔުމަން ޓްރެފިކިންއާއި ހަށިވިއްކުމުގެ ވިޔަފާރި އިތުރުވެފައިވާ މައްސަލައާމެދު ވެސް މަޝްވަރާކުރާކަމަށް ވެ އެވެ.
މީގެ އިތުރުން ފުރަތަމަ ދަންފަޅީގައި ހަތަރު ޕްރެޒެންޓޭޝަނެއް ހުށަހަޅައި، އެއަށް ވަނީ ބަހުސްކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ސިއްޙަތާއި އާބާދީއާ ބެހޭގޮތުން ސާރކުން ކުރިއަށް ގެންދާ މަޝްރޫޢުތަކާބެހޭ ގޮތުން ސާރކް ސެކްރެޓޭރިއޭޓުން ހުށަހެޅި ޕްރެޒެންޓޭޝަނަކާއި، ސާރކްގެ ގައުމުތަކުގައި ޓީބީ އާއި އެޗް.އައި.ވީ މިހާރުގެ ހާލަތާ ބެހޭގޮތުން ސާރކް ޓީބީ އެޗް.އައި.ވީ/އޭޑްސް ސެންޓަރުން ހުށަހެޅި ޕްރެޒެންޓޭޝަނަކާއި، ދަރިމައިވުމުގެ ސިއްޙަތާއި އިމުނައިޒޭޝަން ޕްރޮޖެކްޓާ ބެހޭގޮތުން ސާރކް ޑިވެލޮޕްމަންޓް ފަނޑްގެ ފަރާތުން ހުށަހެޅި ޕްރެޒެންޓޭޝަނެކެވެ.
މެންދުރުފަހު ދަންފަޅީގައި ސާރކް ގައުމުތަކުގެ މެދުގައި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ބޭއްވުނު ބޮޑެތި މުހިންމު ބައްދަލުވުންތަކުން ނިންމާފައިވާ ނިންމުންތައް އެކުލެވޭ ހަތް ރިޕޯރޓެއްވެސް ވަނީ ހުށަހަޅާފައެވެ. ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ރާއްޖޭގެ ހެލްތް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ޤީލާ އަލީ އެވެ.
ހަ އަހަރު ކުރިން ނިންމާފައިވާ ސިއްހީ ދާއިރާގެ ނިންމުންތައް ތަންފީޒުނުވާ މައްސަލާގައި ސާކު ގައުމުތަކުން މަޝްވަރާކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ