މަގުމަތިން ވެރިކަން ބަދަލުކުރަން ބޭނުން ނަމަ 20000 މީހުން މަގުތަކަށް ނެރެން ޖެހޭނެކަމަށް ސިފައިންގެ ހިދުމަތުގައި ކުރިން މަސައްކަތް ކުރައްވާފައިވާ ޕީޕީއެމުގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އޮފީހުގައިބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުމަރު ވިދާޅުވީ މުޒާހަރާކޮށްގެން އިތުރު ނަތީޖާއެއް ނުނެރެވޭނެކަމަށާއި އެންމެ ގިނަ ބަޔަކު ނެރެގެން އެމްޑީޕީއަށް މުޒާހަރާއެއްކުރެވުނީ މިއަހަރުގެ ރިޔާސީ ބަޔާން ހުށަހެޅި ދުވަހު ކަމަށާއި އެ ދުވަހުގެ މުޒާހަރާއަށްވުރެ ވަރުގަދަ މުޒާހަރާއެއް އެމްޑީޕީއަށް ނުކުރެވޭނެކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި އެދުވަހުގެ މުޒާހަރާއަށް ނެރެވުނީ 15000 މީހުންކަމަށާއި ނަޝީދުވެރިކަން ބަދަލުކުރަން ފެބްރުއަރީ ހަތެއް ދުވަހު ހެނދުނު ކުރި މުޒާހަރާތަކުގައި 20000 އަށްވުރެގިނަ މީހުން ބައިވެރިވިއެވެ.
"މަގުމަތިން ވެރިކަން ބަދަލުކުރަން ބޭނުންނަމަ މިއަދަދަށް (20000 މީހުން) ނެރެން ޖެހޭނެ. އެއަދަދަށް މީހުން ނެރެގެން ނޫނީ މަގުމަތިން ވެރިކަމެއް ނުވެއްޓޭނެ. ދިވެހި ސިފައިންނަށްވުރެ ގަދަފަދަ ބާރެއް އެމްޑީޕީގެ އެކްޓިވިސްޓުންނަކަށް ނުނެރެވޭނެ،" ފުލުހުންގެ ހިދުމަތުގައި އުޅުއްވާފައިވާ އުމަރު ވިދާޅުވިއެވެ.
އުމަރު ނަސީރު ވިދާޅުވިގޮތުގައި އެމްޑީޕީގެ މުޒާހަރާތައް މެދު ކަނޑާލާ ހުރިހާ ޕާޓީތަކުގެ މެދުގައި ބާއްވާ ވާހަކަ ތަކުގައި ބައިވެރިވިވާން މަސައްކަތް ކުރީ އެމްޑީޕީ ބާއްވާ މުޒާހަރާއަށް ނިކުންނާނެ މީހުންނުވެގެން މުޒާހަރާތައް ހުލިވުމުގެ ސަބަބުންނެވެ.
އެމްޑީޕީގެ މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ އަދަދު އަންނަނީ މަދުވަމުންކަމަށާއި ސަބަބަކަށް ވަނީ ރައީސް ނަޝީދުގެ ސަރުކާރުން ހެދި ފަދަ ގޯސްތައް މިހާރުގެ ސަރުކާރުން ހަދަމުން ނުދާތީ މުޒާހަރާކުރާ މީހުންނަށް ދެއްކޭނެ ބަހަނާއެއް ނެތުންކަމަށް އުމަރު ވިދާޅުވިއެވެ.
"ނަޝީދުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި އިރު ކޮންމެ ދުވަހުވެސް ގާނޫނާއި ހިލާފު ކޮންމެވެސްކަމެއް ރައީސް ނަޝީދު ކުރައްވާ. އެކަމުގެ ސަބަބުން މުޒާހަރާކުރާ މީހުންނަށް ހިތްވަރުލިބޭ މުޒާހަރާތަކަށް ނިކުމެ އަޑު އުފުލަށް،" ނަސީރު ވިދާޅުވިއެވެ.
ކޯނީގެ ރިޕޯޓު ކޮންމެ ގޮތަކަށް ނެރުނަސް އެމްޑީޕީން ހަމަނުޖެހުންތައް ކުރިއަށް ގެންދާނެ ކަމަށާއި ރިޕޯޓު ނެރުމުގެ ފަހު، އެމްޑީޕީއިން ރާވާ ޖަލްސާއަކީ މުޒާހަރާގެ ނަންނުކިޔާ މީހުން އެއްކޮއް މުޒާހަރާކުރަން ރާވާ ރޭވުމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ކޯނީގެ ރިޕޯޓު ނެރޭދުވަހު ރިޕޯޓުން ނިންމާގޮތަކާއި ގުޅިގެން ފުލުހުންނާއި ސިފައިން ކޯޓަށް ނުވަތަ އަދާލަތުގެ ކުރިމައްޗަށް ނެރުމުގެ ކުރިން ގެއަށް ވަޑައި ނުގަންނަވާނެ ކަމަށް މުހައްމަދު ނަޝީދު ވިދާޅުވެ ދައްކަވާފައިވާ ވާހަކަތަކަށް ރައްދު ދެއްވާ އުމަރު ނަސީރު ވިދާޅުވީ ނަޝީދު ބޭނުންފުޅުވާގޮތް ނުވާނެކަމަށާއި އެހެން ކަމުން ނަޝީދު ހުންނަވަންޖެހިވަޑައިގަންނަވާނީ ގެއަށް ވަޑައިނުގެން މަގުމަތީގައިކަމަށެވެ.
މަގުމަތިން ވެރިކަން ބަދަލުކުރަން ބޭނުންނަމަ 20000 މީހުން ނެރެން ޖެހޭނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ