ވިލާ އެއަރގެ ފްލައިމީގެ ދަތުރުތަށް އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން، ސީދާ ރާޢްޖެއިން ބޭރަށް ވަރަށް އަވަރަށް ފެށޭނެ ގޮތެއް އޮތްތޯ ބަލަމުންދާކަމަށް ވިލާ ގްރޫޕުގެ ޗެއާމަން އޮނަރަބަލް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޖުމުޙުރީ ޕާޓީން އައްޑޫސިޓީއަށް ކުރަމުންދާ ދަތުރުގައި، އައްޑޫ ހިތަދޫ ޝަރަފުއްދީން ސުކޫލުގައި ބެލެނިވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ވިލާ އެއަރގެ ފްލައިމީގެ ދަތުރުތައް އައްޑުއަށް ފެށުމުގެ ގޮތުން، ވިލާ ގްރޫޕުގެ ޗެއަރމަންއާއި، ޖުމުޙޫރީޕާޓީގެ އިސްވެރިން އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އައްޑޫ ހިތަދޫ ޝަރަފުއްދީން ސުކޫލުގައި ބެލެނިވެރިންނާއި މެނޭޖަމްންޓްގެ ދައުވަތަކަށް އެސުކޫލަށް ޒިޔާރަތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ، ވިލާ އެއަރގެ ދަތުރުތައް އައްޑޫސިޓީއަށް ފަށާފައިވާއިރު، ވަރަށް އަވަހަށް ފްލައިމީގެ ދަތުރުތައް އައްޑޫ ގަން އިންޓަނޭޝަނަލް އެއަރޕޯޓުން، ސީދާ ރާޢްޖެއިން ބޭރަށް ކުރަން ފެށޭތޯ ބަލަމުން އަންނަ ކަމަށެވެ.
އަދި މިހާރު އެދަތުރުތައް ކުރާނެގޮތް ދިރާސާތައް ކުރަމުންދާއިރު، ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ފްލައިމީގެ ދަތުރުތައް ރާއްޖެއިން ބޭރަށް ކުރާއިރު، އައްޑޫގެ ރައްޔިތުންނަށް ވީހާވެސް ފަސޭހަކޮށް ހެޔޮ އަގެއްގައި ފޮރުކޮށްދެވޭތޯ ބައްލަވާނެކަމަށް ޤާސިމް އިބްރާހިމް ވިދާޅުވި އެވެ.
އައްޑޫ ރައްޔިތުންގެ ޝަކުވާއެއްގެ ގޮތުގައި އެއަތޮޅުގައި ކައްކާގޭސް ލިބުންދަތިވެ، ގޭހުގެ އަގު ބޮޑުކަން ފާހަގަކުރުމާއި ގުޅިގެން، އޮނަރަބަލް ޤާސިމް އިބްރާހިމްވަނީ، ވީހާވެސް ފަސޭހަކޮށް ހެޔޮ އަގުގައި ވިލާގޭސް ފޯރުކޮށްދެވޭތޯ މަސައްކަތް ކޮށްދެއްވާނެކަމަށް ވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން ހިތަދޫ ޝަރަފުއްދީން ސުކޫލުގައި 50 އަށްވުރެ ގިނަ ޚާއްސައެހީއަށް ބޭނުންވާ ކުދިން ތިބިއިރު އެކުދިން ސުކޫލަށް ދިއުމަށް ދިމާވާ ދަތުރުފަތުގެ ދަތިކަން ހައްލު ކުރުމަށް ވެހިކަލެއް ހޯދައިދިނުމަށް އޮނަރަބަލް ޤާސިމް އިބްރާހިމްއަށް ދެންނެވުމުން، އެމަނިކުފާނުވަނީ ވިލާ ފައުންޑޭޝަނުން ވަރަށް އަވަހަށް ވެހިކަލްއެއް ހަމަޖައްސައިދޭނެކަމަށް ވިދާޅުވެފައެވެ.
އަދި އެ ވެހިކަލްއަށް ބޭނުންވާ ޕެޓްރޯލް އެއް އަހަރު ވަންދެން އެމަނިކުފާނުގެ އަމިއްލަފުޅު ޚަރަދުގައި ދެއްވާނެކަމަށް ވަޢުދުވެ ވަޑައިގެންނެވި އެވެ.
މީގެ އިތުރުންވެސް އަންނަ އޭޕްރީލްމަހުގެ ތެރޭގައި މުޅި ދެކުނުގެ މަސްވެރިންނަށް ޚާއްސަކޮށްގެން އައިސް ލިބޭނެ ޚާއްސަބޯޓެއް، އައްޑޫސިޓީގައި ބާއްވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެބޯޓުން މަސްގަނެ މަސްވެރިންނަށް އައިސް ލިބޭނެކަމަށާއި، އެބޯޓުގައި ކަނޑުގެ ބޮޑު ސަރަހައްދެއް ބަލާލެވޭ ވަރުގެ ރާޑަރެއް ހުންނާނެކަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވި އެވެ.
ޖުމުހޫރީޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވީ، މިވަރުގެ ބޮޑު އިންވެސްޓްމަންޓެއް ކުރަން ނިންމީ، އައްޑުއާއި ޚާއްސަކޮށް ދެކުނުގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށްކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރ އަދި ޖުމުޙޫރީ ޕާޓީގެ ލީޑަރ އޮނަރަބްލަ ޤާސިމް އިބްރާހިމް އައްޑޫސިޓީއަށް ކުރައްވަމުންގެންދަވާ މިދަތުރުފުޅުގައެވެ. ހިތަދޫ ޝަރަފުއްދީން ސުކޫލްގެ އިތުރުން، އައްޑޫ ހައި އިންޓަރނޭޝަނަލް ސުކޫލަށާއި، އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް އެތަނުގައި ތިބި ބަލިމީހުން ހާލު ބައްލައިލެއްވި އެވެ.
މީގެ އިތުރުން މަރަދޫ ފޭދޫ ސުކޫލުގެ އިތުރުން ފޭދޫ ސިއްޙީ މަރުކަޒަށް ޒިޔާރަތްކޮށް އެތަނުގައި ތިބި ރައްޔިތުންގެ ހާލައި، ތަނުގެ ހާލަތު ބައްލަވައިލައްވައި، އެމަނިކުފާނަށް ވެވުނު މިންވަރަކުން އެތަންތަންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވި އެވެ.
އަދި އައްޑޫގެ ބައެއް ޢާންމުރައްޔިތުންނާއި، ކަމު ވޮށިގެންވާ ބައެއް ބޭފުޅުންނާއި ބައްދަލު ކުރައްވައި ހާލު ބައްލަވައިލައްވައި، ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ނުލިބި ހުރުމުން އެކަމާއި ހިތާމަކުރައްވާއި، ޤާސިމް އިބްރާހިމްގެ ވެރިކަމެއްގައި ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ތަރައްޤީކޮށް، ފަސޭހަ ކަމާއެކު ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވި އެވެ.
ގަން އެއާޕޯޓުން ރާޢްޖެއިން ބޭރަށް ދަތުރު ފެށުމަށް ގާސިމް މަސައްކަތް ފައްޓަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ