ކަރަންޓް ކެނޑޭތީ މަކުނުދޫ ރައްޔިތުން ނިކުމެ ހުރިހާ ޖަނަރޭޓަރުތައް ނިއްވާލައިފި

ހދ. މަކުނުދު އިން އިރުއިރުކޮޅާ ކަރަންޓް ކެނޑޭތާ އެތައް ދުވަހެއްވެ ކަރަންޓްގެ މައްސަލައަށް ހައްލެއް ނުލިބުމުން ރައްޔިތުން ރަށުގެ އިންޖީނު ގެއަށް ވަދެ، ޖަނަރޭޓަރުތައް ނިއްވާލައި، ރަށު ކައުންސިލް އިދާރާ ކުރިމަތީގައި އަލިފާންގަނޑެއް ރޯކޮށްފި އެވެ.
މަކުނުދޫ ކައުންސިލް މެންބަރަކު އެމްވީޔޫތުއަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ބައި ގަޑިން، ބައި ގަޑިން ކަރަންޓު ކެނޑޭތީ ރައްޔިތުން ނިކުމެ ރޭ ހުރިހާ ޖަނަރޭޓަރެއް ނިއްވާލާފައިވާ ކަމަށެވެ.
މަކުނުދޫ އިންޖީނުގެ ހިންގުމާ ހަވާލުވެ ހުންނެވި ޖަބީން އަލީ އެމްވީޔޫތައް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކަރަންޓްގެ މައްސަލަ ހައްލުނުކޮށް ކަރަންޓްދޭން ރައްޔިތުން ބޭނުންނުވާ ކަމަށެވެ.
ފެނަކައިން ޖަނަރޭޓަރެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޖަބީން ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މިވަގުތު ކަރަންޓްގެ މައްސަލަ ދިމާވަމުންދަނީ އެއްޖަނަރޭޓަރު ހަލާކުވެ އެޖަނަރޭޓަރު މަރާމާތު ކުރާނެ ސްޕެއާ ނުލިބިގެން ކަމަށެވެ.
ސޯޅަ ސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ މަކުނޫއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރުތަކުގެ ތެރެއިން މިހާރު ހަލާކުވެފައި ވަނީ 236 ކިލޯ ވޯޓްގެ ޖަނަރޭޓަރެކެވެ.
މަކުނުދޫ ރައްޔިތުންގެ ތެރެއިން، އިހްތިޖާޖު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ބުނީ ރަށުގައި ކަރަންޓުގެ މައްސަލަ ހައްލުނުވެ، ދި ގުދެމިގެންދާތާ އަށް މަސްދުވަހަށް ވުރެ ގިނަ ވެދާނެ ކަމަށާއި ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ރައްޔިތުން އިހްތިޖާޖް ނިންމާ ނުލާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ