އޭޑްސް ޖެހިފައި ހުރި ކުރީގެ އަނބިމީހާ އާއި ކައިވެނި ކުރަން ނައިޖީރިއާގެ ކޯޓަކުން މެދުއުމުގެ މީހެއްގެ މައްޗަށް ޙުކުމް ކޮށްފި އެވެ.
ނައިޖީރިއާގެ ސަބޮން ގާރީ ސަރަހައްދުގައި ހުންނަ ކޯޓަކުން އަބްދުﷲ އަހްމަދު ކިޔާ މީހެއްގެ މައްޗަށް މިޙުކުމް ކުރީ އޭނާގެ އަނބިމީހާ އުއްމާ އުސްމާން ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ނެވެ.
ޝަރީއަތުގެ މަޖިލީހުގައި އުއްމާ ބުނެފައި ވަނީ އޭނާ އަށް އޭޑްސް ޖެހުނީ އޭނާ އަބްދުﷲ އަހްމަދު އާއި ކައިވެނި ކޮށްގެން އުޅުނު އިރު އަބްދުﷲ އަހުމަދުގެ ގައިން ކަމަށެވެ. ނަމަވެސް އޭނާ އަށް އެޑްސް ޖެހުނު ކަން އެނގުމާއި އެކު އަބްދުﷲ އޭނާ ވަރި ކުރި ކަމަށް އުއްމާ ކޯޓުގައި ބުނެފައި ވެއެވެ.
މިދެމަފިރިން ކައިވެނިކޮށްގެން 13 އަހަރު އުޅެފައި ވާއިރު ދެމަފިރިންނަށް ކުދިން ވެސް ލިބިފައި ވެއެވެ.
މައްސަލަ ބެލުމަށް ފަހު ގާޒީ ނިންމާފައި ވަނީ އުއްމާ އަށް އޭޑްސް ޖެހިފައި ވަނީ އަބްދުﷲ އަހުމަދުގެ ގައިން ކަމަށެވެ. އަދި އޭޑްސް ޖެހުމަކީ އަނބިމީހާ ވަރިކުރެވޭނެ ސަބަބެއް ނޫން ކަމަށް މިމައްސަލަ ބެލި ފަނޑިޔާރު މަލަމް ފާރޫގް އަހުމަދު އިއްވި ޙުކުމުގައި ބުނެފައި ވެއެވެ.
ޙުކުމުގައި ބުނެފައި ވަނީ އަނބިމީހާ އާއި އެކު އުމުރު ދުވަހު އުޅުމަށް އިސްލާމް ދީނުގައި އަންގަވާފައިވާ ކަމަށެވެ. އެހެން ކަމުން އަބްދުﷲ އަހުމަދު އޭނާގެ އަނބިމީހާ ވަރިކުރި ކުރުން ބާތީލް ކޮށް ދެމީހުން އަލުން ކައިވެނި ކުރުމަށް ގާޒީ ވަނީ އަންގާފައެވެ.
އޭޑްސް ޖެހިފައި ހުރި ކުރީގެ އަނބިމީހާ އާއި ކައިވެނި ކުރަން ކޯޓުން ޙުކުމް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ