ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤަމަށް، ދެ ބޭފުޅެއްގެ ނަން ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް މަޤާމަށް ހަ ބޭފުޅެއްގެ ނަން ހުށަހަޅުއްވައިފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް، ދެ ބޭފުޅެއްގެ ނަން އަދި، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް މަޤާމަށް ހަ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް ހުށަހަޅުއްވައިފި އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ދެނަންފުޅަކީ، މީރާ ގެ ކުރީގެ ޑިރެކްޓަރު ތ. ތިމަރަފުށީ ފިނިފެންމާގޭ ފަތުޙުﷲ ޖަމީލް އާއި ހ. ސެނާ އިސްމާއިލް ނާޝިދު އެވެ. ނާޝިދަކީ ކަސްޓަމްސްގެ ކުރީގެ އެސިސްޓެންޓް ކޮމިޝަނަރއެވެ.
 ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް މަޤާމަށް ނަން ހުށަހެޅުއްވި ހަ ބޭފުޅުނަކީ,
1- މުޙައްމަދު ޝިރާޖް މުނީރު ، ނިއުލައިޓް ، ދަނޑިމަޑު / ފުވައްމުލައް
2- އަސްމާ ޝަފީޢު، ވައިޖެހޭގެ / ހއ. އިހަވަންދޫ
3- އިސްމާޢީލް ޝާޖިދު، މއ. ވިލާރޮދި
4- އަޙްމަދު ޝަރީފް ، އަނބުގަސްދޮށުގެ/ ނ. މަނަދޫ
5- އަޙްމަދު ވާފިރު، ވ. އެލަމް
6- ޙަމްދީ އަޤީލް، ހ. ރަންގިލި އެވެ.
މީރާގެ އެންމެ އިސް ދެމަޤާމަށް ބޭފުޅުން އައްޔަން ކުރުމަށް ހުށަހެޅުވި، ނަންތައް ދިރާސާ ކުރަން އިޤްތިޞާދީ ކޮމިޓީ އަށް މިއަދުގެ ޖަލްސާގައި ވަނީ ފޮނުއްވައިފައެވެ.
މިރާގެ ޤާނޫނަށް ދާދިފަހުން ގެނައި އިޞްލާޙުގައި ބުނަނީ، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަޤާމަށް، ޤާނޫނު ތަސްދީޤްކުރާ ދުވަހުންފެށިގެން 30 ދުވަހުގެ މުއްދަތުގައި ބޭފުޅުން އައްޔަން ކުރަންޖެހޭނެކަމަށެވެ. އެމުއްދަތު ވަނީ މިމަހު 12 އަށް ހަމަވެފައެވެ. އެހެންކަމުން މިރާ މިހާރު އޮތީ ޤާނޫނީ ހުސްކަމެއްގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ