މައުމޫން ފެކްޝަން އިން ސުލޫކީ ކޮމެޓީއަށް މެންބަރުން އައްޔަންކޮށްފި

ޕީޕީއެމްގެ ގައުމީ ޖަލްސާ އިން އިންތިޚާބު ކޮށްފައިވާ ސުލޫކީ ކޮމެޓީ ސަސްޕެންޑް ކުރަން ރައީސް މައުމޫން ފެކްޝަންގެ ކައުންސިލުން ނިންމާފައި ވާތީ އާސުލޫކީ ކޮމެޓީ އަށް އެފެކްޝަނުން މިރޭ މެންބަރުން އައްޔަން ކޮށްފިއެވެ.
މީގެ ކުރިން ބޭއްވި ކައުންސިލް ބައްދަލުވުމަކުން ވަނީ ޕީޕީއެމްގެ ސުލޫކީ ކޮމެޓީ ސަސްޕެންޑް ކޮށް އާސުލޫކީ ކޮމެޓީއެއް އެކުލަވާލުމުގެ އިހްތިޔާރު ރައީސް މައުމޫން އަށް ދެއްވާފައެވެ.
މިރޭ އައްޔަން ކުރެއްވި ސުލޫކީ ކޮމެޓީގައި ފަސް މެންބަރުން ތިއްބަވައެވެ. އެއީ އަހްމަދު ރަޝީދު، މުހައްމަދު ނިޒާމް، މަރިޔަމް ސައީދާ، ލުފްޝާން ޝަކީބް އަދި ހާލިސް ނަޖީބް އެވެ.
ރައީސް މައުމޫން ޗެއާ ކުރައްވައިގެން މިރޭ ބޭއްވި އެމަނިކުފާނު ފެކްޝަންގެ ޕީޕީއެމް ކައުންސިލް ބައްދަލުވުމުގައި ވަނީ ޕީޕީއެމް ޕީޖީ ގްރޫޕް އިން މަޖިލިސް އަށް ހުށަހަޅާ ކަންކަން ޕާޓީގެ ރައީސް އަދި ކައުންސިލް އާއި މަޝްވަރާ ކޮށްގެން ކުރިއަށް ގެންދާ ގޮތައް ކައުންސިލުން ނިންމާފައެވެ.
ނަމަވެސް މިނިންމުމަށް އަމަލު ކުރެވޭނެ ކަމަކަށް ނުބެލެވެއެވެ. ސަބަބަކީ ޕީޖީ ގްރޫޕްގެ ގިނަ މެންބަރުން ތިއްބެވީ ރައީސް ޔާމީންގެ ފަޅީގައި ކަމަށް ވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ