ނ. އަތޮޅުގެ ސްކޫލްތަކުގައި ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި

ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމްތައް ފަށައިފިއެވެ.
އެއްވެސް ކުއްޖަކު ބާކީ ނުކުރާ ސިޔާސަތުގެ ދަށުން ސްކޫލްތަކުގެ ނަތީޖާ ރަނގަޅުކުރުމަށްޓަކައި ނ. އަތޮޅުގައި ކުރިއަށް ގެންދާ އެޑޮޕްޝަން ޕްރޮގްރާމްގައި އެ އަތޮޅު ހުރިހާ ޕްރިންސިޕަލުން ވަނީ ބައިވެރިވެފައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ކުރިއަށްދަނީ. އެ މިނިސްޓްރީ އާއި، ނ، ވެލިދޫގައި ހުންނަ ނ. އަތޮޅު ތައުލީމީ މަރުކަޒުގެ ވީޑިއޯ ކޮންފަރެންސިންގ ނިޒާމުން ގުޅުވާލައިގެން ކަމަށެވެ،
ސްކޫލް އެޑޮޕްޝަން ޕްރޮގްރާމަކީ ސްކޫލްތަކުގައި ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު އިތުރުކޮށް، ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ،
މި ޕްރޮގްރާމްގެ ދަށުން ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، މަހަކު އެއްފަހަރު ބައްދަލުކުރެވޭނެއެވެ. އެގޮތުން މަހުން މަހަށް ސްކޫލްތަކުގެ ނަތީއްޖާ އަޅާ ކިޔައި، ކިޔަވައިދިނުމުގައި އިތުރަށް ސަމާލުކަންދޭންވީ ކަންކަން ފާހަގަކުރެވި ނަތީއްޖާ ހާސިލްކުރުމަށް މަގުފަހިވެގެންދާނެއެވެ.
 
ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި މި ޕްރޮގްރާމް އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ ކ. އަތޮޅުގެ ސްކޫލްތަކަށް ޚާއްސަކޮށްގެނެވެ.
ކ. އަތޮޅުގެ ސްކޫލުތަކުގެ ކާމިޔާބަށް ބަލައި މިއަހަރުގެ ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް އއ. އަދި އދ. އަތޮޅަށް ފެށިއިރު، ސްކޫލުތަކުގެ ނަތީޖާ ރަނގަޅުކުރުމުގެ މި ޕްރޮގްރާމް މިދިޔަ ހަފްތާ ބަންދުގައި އައްޑޫ ސިޓީގައި ވެސް ވަނީ ފަށާފައެވެ.
އަދި ބ. އަތޮޅުގެ ސްކޫލްތަކުގައި މާދަމާ މި ޕްރޮގްރާމް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ