އަބްދުﷲ ގާޒީއާމެދު ފިޔަވަޅު އަޅަން އެދިވަޑައިގެން ރައީސް ނަޝީދު ޖޭއެސްސީ އަށް ސިޓީއެއް ފޮނުއްވައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދާ ބެހޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން އޭނާއާ މެދު ފިޔަވަޅު އެޅުުމަށް ކޮމިޝަނުން ނިންމި ނިންމުން ވީ އެންމެ އަވަހަކަށް ތަންފީޒްކޮށްދިނުމަށް އެދިވަޑައިގެން ރައީސް މުހައްމަދު ނަޝީދު އެ ކޮމިޝަނަށް މިއަދު ސިޓީއެއް ފޮނުއްވައިފި އެވެ.ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު އަބްދުﷲ އަށް ރައީސް ނަޝީދު ފޮނުއްވި ސިޓީގައި، ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި އެ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ވަކިކުރަންޖެހޭ މީހުން ވަކިކުރުމަށް ހުށަހަޅަންޖެހޭ ފަރާތްތަކަށް އެފަދަ މީހުން މަގާމުން ވަކިކުރަން ހުށަހެޅުމަކީ ގާނުނުއަސާސީގެ ދަށުން ޖޭއެސްސީގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވާފައިވެ އެވެ. އަދުލުވެރި ޖިނާއީ ނިޒާމެއް ދިވެހިރާއްޖޭގައި ގާއިމުކުރުމަށް ދިމާވާ ކޮންމެ ހުރަހަކީ އޭގެ ސަބަބުން ގައުމީ ސަލާމަތާއި އާންމު މަސްލަހަތާއި އަމަންއަމާންކަން ރައްކާތެރިކުރުމަށް އަސަރުކުރާނޭ ކަމެއް ކަމަށް ރައީސްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ. އަދި ގާނޫނުއަސާސީގެ ދަށުން ޖޭއެސްސީއާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އަދާކޮށްދިނުމަށް އެ މަނިކުފާނު އެދިވަޑައިގެންފައިވެ އެވެ.އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު އަޅަން ރައީސް ނަޝީދު އެދިވަޑައިގެންނެވި އިރު އޭނާ ހުންނެވީ ސިފައިންގެ ބެލުމުގެ ދަށުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ