ދުނިޔޭގެ ކޮންމެ ރައްޔިތަކަށް ރައްކާތެރި ތިމާވެއްޓެއް ހޯދައިދިނުން އދ. ސަމާލު ކަމަށް ގެނެސްދެއްވުމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލްގައްޔޫމު ގޮވާލައްވައިފި އެވެ.
އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ "ކްލިންޓަން ގްލޯބަލް އިނިޝިއޭޓިވް އޭޝިޔާ" ގެ އިފުތިތާހީ ބައްދަލުވުމުގެ "ގްރީން ބިލްޑިން ގްރީން ސިޓީސް" ސެޝަނުގައި ރައީސް މައުމޫނު އިއްތެ ތަގުރީރުކުރައްވަމުން ވިދާޅުވީ، ކުދި ޖަޒީރާ ގައުމުތަކުގެ އިހުސާސްތައް ބޮޑެތި ގައުމުތަކުން އެހުން މުހިންމު ކަމަށެވެ. ގްރީން ޓެކްނޮލޮޖީ ބޭނުންކޮށްގެން މާލެ ފަދަ ތޮއްޖެހިފައިވާ އަބާން ސެންޓަރުތަކުގައި އުޅޭ ރައްޔިތުންގެ ދިރިއުޅުން ބަދަލުކުރެވޭނެ ގޮތްތަކުގެ މައްޗަށް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ. ރައީސް މައުމޫނު ވިދާޅުވީ ރައްކާތެރި ތިމާވެއްޓެއް ދުނިޔޭގެ ކޮންމެ ރައްޔިތަކަށް ލިއްބައިދިނުމަށާއި އެކަމުގެ މުހިންމުކަން އދ.ގެ ސަމާލުކަމަށް ގެނެސްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.
ހޮންކޮންގްގެ ގްރޭންޑް ހަޔާޓްގައި ދެ ދުވަހަށް ކުރިޔަށްދާ އެ ބައްދަލުވުމުގައި ރައީސް ކްލިންޓަން ވެސް އިއްޔެ ހެނދުނު ވަނީ ތަގުރީރު ކުރައްވައިފަ އެވެ. ރައީސް ކްލިންޓަން ވިދާޅުވީ އޭޝިޔާ ބައްރުގައި އިޖުތިމާއީ އަދި ބައިނަލްއަގުވާމީ ކަންކަން ކުރިއަރުވައި ވަރުގަދަ ކުރުމަށްޓަކައި ގައުމުތަކުގެ އެކުވެރިކަމާއި އެއްބާރުލުން މުހިންމު ކަމަށެވެ.
"ކްލިންޓަން ގްލޯބަލް އިނިޝިއޭޓިވް އޭޝިޔާ" ގެ މި ބައްދަލުވުމަކީ އޭޝިޔާގެ ބޮޑެތި މަހުޖަނުންނާއި ސީޔާސީ ލީޑަރުންނާއި ސަރުކާރުތަކުގެ އިސް ފަރާތްތަކާއި ސިވިލް ސޮސައިޓީތަކުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ މީހުން ބައިވެރިވާ ބައްދަލުވުމެކެވެ. މި ފަހަރުގެ ބައްދަލުވުމުގައި ގައުމުތަކުގައި ވެރިކަން ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ 11 ސީޔާސީ ލީޑަރަކު ބައިވެރިވެވަޑައިގެންނެވި އެވެ.
ކްލިންޓަން ޖަމިއްޔާގެ އިފްތިތާހީ ޖަލްސާގައި ކުރީގެ ރައީސް މައުމޫނު ތަގުރީރުކުރެއްވުން: ދުނިޔޭގެ ކޮންމެ ރައްޔިތަކަށް ރައްކާތެރި ތިމާވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ