ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ ގޭ ދޮށަށް މިރޭ ދެ ފަހަރު މަތިން މީހުން އެއްވެ ފަނޑިޔާރު ހައްޔަރު ކުރުމަށް ގޮވާލައިފި އެވެ.
އެމްޑީޕީގެ ސަޕޯޓަރުން ޣަނީގެ ގޭ ދޮށަށް ދެވަނަ ފަހަރަށް އެއްވީ އެ ޕާޓީގެ ހަރުގެ އިން ނިކުމެގެން ގޮހެވެ. އެ މީހުން ގޮވާލާފައި ވަނީ "އަބްދުﷲ ގާޒީ" (ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު) ހައްޔަރު ކުރުމަށެވެ. ލަފާ ކުރެވޭ ގޮތުގައި އެއްވި މީހުންނަށް ހީވެފައި ވަނީ އެ ގެއަކީ އަބްދުﷲ މުހައްމަދުގެ ގެ ކަމަށެވެ.
ހެންވޭރު ބުރުޒުމަގުގައި ހުންނަ އެ ގޭ ދޮށުން މީހުން ފޮނުވާލަން ވަރަށް ގިނަ އަދަދެއްގެ ރަޔަޓް ފުލުހުން ދިޔަ އެވެ. އަދި 11 ވަރަކަށް މީހުން ން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
އެމްޑީޕީގެ ސަޕޯޓަރުން ރޭ ވެސް ޣަނީގެ ގޭ ދޮށަށް އެއްވި އެވެ.
00: 3 - ހައި ކޯޓުގެ އިސް ފަނޑިޔާރުގެ ގޭ ދޮށަށް އެއްވި މީހުންގެ ތެރެއިން ޖުމްލަ ނުވަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރުވަނީ ފެނިފަ އެވެ.
54: 2 - ޣަނީގެ ގޭ ދޮށަށް މިރޭ ދެވަނަ ފަހަރަށް އެމްޑީޕީގެ ސަޕޯޓަރުން އެއްވެއްޖެ އެވެ. އެ ޕާޓީގެ ހަރުގެ އިން ނިކުމެގެން އެ ގޭ ދޮށަށް ދިޔަ މީހުން ގޮވާލާފައި ވަނީ "އަބްދުﷲ ގާޒީ" (ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު) ހައްޔަރު ކުރުމަށެވެ. ލަފާ ކުރެވޭ ގޮތުގައި އެއްވި މީހުންނަށް ހީވެފައި ވަނީ އެ ގެއަކީ އަބްދުﷲ މުހައްމަދުގެ ގެ ކަމަށެވެ.
ވަރަށް ގިނަ އަދަދެއްގެ ފުލުހުން ރަޔަޓް ގިއަރުގައި އައުމާއެކު ގިނަ މީހުން މިހާރު ވަނީ އެ ސަރަހައްދުން ގޮސްފަ އެވެ. ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު ފެނުނެވެ.
58: 1 - ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ ގޭ ދޮށަށް މީހުން އެއްވެ ފަނޑިޔާރު ހައްޔަރު ކުރުމަށް ގޮވާލައިފި އެވެ.
ހެންވޭރު ބުރުޒުމަގުގައި ހުންނަ އެ ގޭ ދޮށުން މީހުން ފޮނުވާލަން ގިނަ އަދަދެއްގެ ރަޔަޓް ފުލުހުން ގެންދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މުޒާހަރާ ކުރަމުންދިޔަ މީހުން އެ ގެއާ ދުރަށް ވަނީ ޖައްސާފަ އެވެ.
ދާދި ދެންމެއަކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު ހަވީރުގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.
އެމްޑީޕީގެ ސަޕޯޓަރުން ރޭ ވެސް ޣަނީގެ ގޭ ދޮށަށް އެއްވި އެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރުގެ ގޭ ދޮށަށް އެއްވެ ޖިނާއީ ކޯޓުގެ އިސް ގާޒީ ހައްޔަރު ކުރުމަށް ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ