ކޯޓުން ބޭރުގައި މައްސަލަތައް ނިންމުމަށް މަގުފަހިކުރުމަށް ގާއިމުކުރާ އާބިޓްރޭޝަން ސިސްޓަމަށް ހޭލުންތެރި ކުރުމަށް ސެމިނާއެއް ފަށައިފި

ކޯޓުން ބޭރުގައި މައްސަލަތައް ނިންމުމަށް މަގުފަހިކުރުމަށް ގާއިމުކުރާ އާބިޓްރޭޝަން ސިސްޓަމަށް ހޭލުންތެރި ކުރުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ދެ ދުވަހުގެ ސެމިނާއެއް ޖަސްޓިސް މިނިސްޓްރީން މިއަދު ފައްޓަވައިފި އެވެ.
ސްޓެލްކޯ ސެމިނާރޫމްގައި މިއަދާއި މާދަމާ ކުރިއަށް ގެންދަވާ މި ސެމިނާގައި މައުލޫމާތު ދެއްވަނީ ބޭރުގެ ތަޖްރިބާކާރު ދެ ބޭފުޅުންނެވެ. މި ސެމިނާގައި ގިނަ އަދަދެއްގެ ގާނޫނީ ވަކީލުންނާއި ޝަރުއީ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވެ އެވެ.
މި އަހަރުގެ ތެރޭގައި ރާއްޖޭގައި އާބިޓްރޭޝަން ސިސްޓަމެއް ގާއިމުކުރާ ގޮތަށް ޖަސްޓިސް މިނިސްޓްރީން ވަނީ ހަމަޖައްސަވާފަ އެވެ. މި ނިޒާމުގައި ދެ ފަރާތުގެ މެދުގައި އުފެދޭ މައްސަލަތައް ހައްލުކުރާނީ ކޯޓުން ބޭރުގައި، މެދުވެރިއެއްގެ އެހީ ހޯދައިގެންނެވެ.
މިއަދު ފެށި ސެމިނާގައި އާބިޓްރޭޝަން އަކީ ކޮބައިކަމާއި އާބިޓްރޭޝަންގެ ބޭނުމާއި މުހިންމުކަމާއި އާބިޓްރޭޝަންގެ މަސައްކަތް ހިނގާގޮތާއި މައްސަލަ ނިމޭގޮތާއި އާބިޓްރޭޓަރުންނަކީ ކޮބައިމާއި އަދި ލޯޔަރުންނާއި ކޯޓުގެ ދައުރާ ބެހޭ ގޮތުން ވެސް މައުލޫމާތު ދިނުމަށް ހަމަޖައްސާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ