ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބައްޕަ އަބްދުއްރަޝީދު އަލީ ނިޔާވެއްޖެއެވެ.
މ. ޒޭވަރު (މއ. ހަނީސަކްލް)އަބްދުއްރަޝީދު އަލީ ނިޔާވެފައިވަނީ މިއަދު ހެނދުނު އިންޑިއާގެ ބެންގަލޫރުގައި ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަބްދުއްރަޝީދު ނިޔާވިއިރު އަނބިކަނބަލަކާއި ތިން ދަރިކަނބަލުން އަދި ހަތަރު ދަރިކަލުން ދުނިޔޭގެ އެބަތިއްބެވިއެވެ.
އަބްދުއްރަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅުގެ މެމްބަރުކަން 20 އަހަރު އަދި އެ އަތޮޅުގެ އަތޮޅުވެރިކަން ދެ ފަހަރެއްގެ މަތިން ކުރައްވާފައެވެ.
އަހްމަދިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަމުގެ މަގާމުވެސް ފުރުއްވާފައިވެއެވެ.
މެމްބަރު ފަޒުލްގެ ބައްޕާފުޅު ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ