ޢިލްމުވެރިންނާއި ރައްޔިތުން އެންމެން އެއްއަޑަކުން، އަނިޔާވެރިންގެ މައްޗަށް ﷲގެ ހައްދު ޤާއިމްކުރުމަށް ވެރިންނަށް ގޮވާލަންވެއްޖެ : ޝައިޚް އާދަމް ޝަމީމް
ހުރިހާ ޢިލްމުވެރިންނާއި ރައްޔިތުން އެންމެން އެއްއަޑަކުން އަނިޔާވެރިންގެ މައްޗަށް މާތް ﷲ ގެ ހައްދު ޤާއިމުކުރުމަށް، ވެރިންނަށް ގޮވާލަންވެއްޖެ ކަމަށް އައްޝައިޚް އާދަމް ޝަމީމު ބިން އިބްރާހިމް ވިދާޅުވެއްޖެ އެވެ.ޙައްޤަކާ ނުލައި މީހެއްގެ ލޭ އޮހޮރުވުމުގެ ނުބައިކަމާ ބެހޭގޮތުން ޝައިޚްގެ ފޭސްބުކް ޕޭޖުގައި ޕޯސްޓްކޮށްފައިވާ ކުރު މެސެޖުގައި ޝައިޚް ޝަމީމް ވިދާޅުވެފައިވަނީ ޙައްޤަކާ ނުލައި މިހެއްގެ ލޭ އޮހޮރުވާލުމަކީ މުޅި އިންސާނިއްޔަތު ޤަތުލުކުރުން ފަދަ ނުބައިކަން ބޮޑުކަމެއް ކަމަށާއި ނަމަވެސް މިއަދު ރާއްޖޭގައި މީހެއްގެ ލޭ އޮހޮރުވާލުމަކީ އެއްވެސް ކަމެއް ނޫން ކަމަށެވެ.“އެހެންވެ ރާއްޖޭގެ ވެރިން އެފަދަ ޤާތިލުން ރައްކާކޮށްގެން، ދިވެހިންނަކީ މީހުންގެ ބޯ ކަނޑަން އަތްކަނޑަން ބޭނުންވާ ބައެއް ނޫނޭ ކިޔައިގެން ބަހަނާ ހަދާ، އެކަމަށް މީހުންނަށް ބިރު ދައްކަނީ” ޝައިޚް ޝަމީމް ވިދާޅުވެފައި ވެއެވެ.ޝައިޚް ޝަމީމް އިތުރަށް ވިދާޅުވެފައިވަނީ ޙައްޤަކާ ނުލައި މީހުންގެ ލޭ އޮހޮރުވާލުމާއި މީހުން މެރުމާއި މިފަދަ ކަންކަން ހުއްޓޭނީ ހަމައެކަނި ﷲ ޙުކުމް ތަންފިޒުކޮށްގެން ކަމަށާއި، ލޮލަކަށް ލޮލެއް ބޮލަކަށް ބޮލެއްގެ ބަދަލު ހިފައިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ