އަންނަ އަހަރުގެ ކޮންމެ ދުވަހަކުވެސް ކައިވެނި ކޮށްދެވޭނެގޮތް ފެމިލީ ކޯޓުން ހަމަޖައްސައިފި

އަންނަ އަހަރު ކޯޓުން ބޭރުގައި ހަފުތާގެ ކޮންމެ ދުވަހަކު ވެސް ކައިވެނިކޮށްދޭ ގޮތަށް ފެމިލީ ކޯޓުން ހަމަޖައްސައިފި އެވެ.ހޮނިހިރު ދުވަސްތަކާއި ރަމަޟާން މަހުގެ ފުރަތަމަ ދުވަހާއި ދެ އީދުގެ ބަންދު ތެރޭގައި މީގެ ކުރިން ކޯޓުގައި ކައިވެނިކޮށެއް ނުދެ އެވެ.ފެމިލީ ކޯޓުން ބުނީ ހަފުތާގެ ކޮންމެ ދުވަހަކު ވެސް ކޯޓުން ބޭރުގައި ކައިވެނިކުރެވޭނެ އިންތިޒާމް ހަމަޖެއްސި ނަމަވެސް ކޯޓުގައި ކައިވެނިކޮށްދޭނީ ކުރިން ވެސް އޮންނަ ގޮތަށް، ސަރުކާރު ހުޅުވިފައި ހުންނަ ދުވަސްތަކުގައި ކަމަށެވެ.ރަސްމީ ދުވަސް ދުވަހު ކޯޓުން ބޭރުގައި، މާލޭގައި ކައިވެނިކޮށްދޭން ނިންމާފައި ވަނީ ހަވީރު 30: 4 އިން ރޭގަނޑު 00: 10 އަށެވެ. އަދި ބަންދު ދުވަސް ދުވަހު ކޯޓުން ބޭރުގައި މާލޭގައި ނަމަ ކައިވެނިކޮށްދޭނީ ހަވީރު 00: 4 އިން ރޭގަނޑު 00: 10 އަށެވެ. މާލެއިން ބޭރުގައި ނަމަ ހަފުތާގެ ކޮންމެ ދުވަހަކު މެންދުރު ފަހު 00: 3 އިން ރޭގަނޑު 00: 8 އާ ދެމެދު ކައިވެނިކޮށްދޭނެ އެވެ.ރަސްމީ ދުވަސްތަކުގައި ކޯޓުގައި ކައިވެނިކޮށްދޭނީ ހެނދުނު 00: 9 އިން ފެށިގެން ރޭގަނޑު 00: 10 އާ ދެމެދުގެ އެކި ވަގުތުތަކުގަ އެވެ.ފެމިލީ ކޯޓުގައި ރޭގަނޑު ކުރާ ކައިވެންޏަކަށް ނަމަ 500ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. އަދި ކޯޓުން ބޭރުގައި ކުރާ ކައިވެންޏަކަށް ނަމަ 1،000ރ. ދައްކަން ޖެހެ އެވެ. އަދި ރިސޯޓް ފަދަ ތަންތަނުގައި ކައިވެނިކޮށްދޭން 5،000ރ.ގެ ފީއެއް ނަގަ އެވެ. ރަސްމީ ގަޑީގައި ކޯޓުގައި ކުރާ ކައިވެންޏަށް އިތުރު ފީއެއް ނުނަގާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ