މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ގެވެށި އަނިޔާގެ 200 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނީ މިދިޔަ ތިން މަހުގެ ތެރޭގައި އެ އޮތޯރިޓީއަށް ސީދާ ހުށަހެޅުނު އަދި އެހެން މުއައްސަސާތަކަށް ރިޕޯޓުކޮށްފައިވާ ގެވެށި އަނިޔާގެ މައްސަލަތައް 236 އަށް އަރާއިރު، ގެވެށި އަނިޔާގެ މައްސަލައިގެ ރިފަރަލްތަކުގެ ޖުމްލަ އަދަދު 258 އަށް އަރާ ކަމަށެވެ.
Yes Maldives Pvt Ltd
Villa College
Enterprise Development Industrial Pvt Ltd
MU STORE
MU STORE
ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން 59.3 ޕަސަންޓު މައްސަލަ ހުށަހަޅަނީ މާލެ ސަރަހައްދުގެ މުއައްސަސާތަކަށެވެ. އޭގެއިތުރުން ދެވަނައަށް ށ. އަތޮޅު ހިމެނޭއިރު، ދެން ހިމެނެނީ ހދ. އަތޮޅެވެ.
މިދިޔަ ތިން މަހު ގެވެށި އަނިޔާ ލިބުނު މީހުންގެ ތެރެއިން 208 މީހުންނަކީ އަންހެނުން ކަމަށްވާއިރު، 73 މީހުންނަކީ ފިރިހެނުންނެވެ. އޭގެ ތެރޭގައި 18 އަހަރުން މަތީގެ 170 މީހަކު ހިމެނޭއިރު، 18 އަހަރުން ދަށުގެ 38 ކުޑަކުދިން ހިމެނޭކަން ފާހަގަކުރެވެ އެވެ.
މީގެއިތުރުން ތަފާސްހިސާބުތައް ދައްކާގޮތުން ގެވެށި އަނިޔާގެ ތެރެއިން އެންމެ ގިނައިން ހުށަހެޅެނީ ބަހުގެ ހަމަލާ ދިނުމާއި ނަފްސާނގޮތުން އަނިޔާކުރުމެވެ. ދެވަނައަށް ބިރުދެއްކުން ހިމެނޭއިރު، ތިންވަނައަށް ހިމެނެނީ ޖިސްމާނީ އަނިޔާ ދިނުމެވެ.
ގެވެށި އަނިޔާއަށް ހާއްސަ ގާނޫނެއް އެކުލަވާލައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އުފައްދާފައިވަނީ 2012 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ގާނޫނުގެ ދަށުން ގެވެށި އަނިޔާއަށް މީހުން ހޭލުންތެރިކޮށް، ގެވެށި އަނިޔާކުރާ މީހުންނަށް އަދަބު ލިބޭގޮތް ވަނީ ހަދާފަ އެވެ.
ގެވެށި އަނިޔާއާ ގުޅިގެން ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް 2022 އިން ފެށިގެން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން އެ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.
މިދިޔަ ތިން މަހު ގެވެށި އަނިޔާގެ 200 އަށްވުރެ ގިނަ މައްސަލަ ހުށަހެޅި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ