ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މޮނިޓަރ ކުރުމަށާއި އޮބްޒަރވާ އެއްގެ ގޮތުގައި ހަރަކާތް ތެރިވުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މޮނިޓަރ ކުރުމަށާއި އޮބްޒަރވާ އެއްގެ ގޮތުގައި ހަރަކާތް ތެރިވުމަށް ހުަށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.އިލެކްޝަން ކޮމިޝަނުން ހާމަކުރާ ގޮތުގައި އިންތިހާބު މޮނިޓަރ ކުރުމަށާއި އޮބްޒަރވާ އެއްގެ ގޮތުގައި ހަރަކާތް ތެރިވުމަށް ހުަށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މިއަދުއެވެ. އަދި މި ފުރުސަތު މިމަހުގެ 14 ވަނަ ދުވަހުގެ 16:00 އަށް ހަމަވާނެއެވެ. އިލެކްޝަން އިން އިތުރަށް ހާމަ ކުރާ ގޮތުގައި އިންތިހާބުގެ ފުރަތަމަ ބުރުގައި މޮނިޓަރ އަދި އޮބްޒަރވާގެ ގޮތުގައި ހަރަކާތްތެރިވި ފަރާތްތަކަށް އިތުރު ރަޖިސްޓްރޭޝަންއަކާ ނުލާ އިންތިހާބުގެ ދެވަނަ ބުރުގައިވެސް ހަރަކާތްތެރި ވެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ