މެމްބަރު އަމީތާއި އަބުޅޯ މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވައިފި އެވެ. އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއްގައި ހައްޔަރު ކުރުމަށް ފަހު އަމީތާއި އަބުޅޯ ދޫކޮށްލާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. އެ ބޭފުޅުން ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވާފައިވަނީ ކުއްލި ހާލަތު އިއުލާނުކޮށްފައި ވަނިކޮށް މިމަހުގެ 26 ވަނަ ދުވަހު ބަޔަކު އިސް ނަގައިގެން މާލޭގެ އަމަން ނަގާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ސުވާލު ކުރުމަށް ކަމަށް ޗިޓުގައި ވަނީ ބުނެފަ އެވެ. އަމީތާއި އަބުޅޯގެ އިތުރުން މުޒާހަރާތަކުން ފުލުހުން ހައްޔަރުކޮށް ދޫކޮށްލާ ހުރިހާ ފަރާތްތަކުގެ މައްޗަށްވެސް ހަމަ އެ ތުހުމަތުގައި ދަނީ ސުވާލު ކުރަމުންނެވެ. އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރަނީ މިމަހުގެ އެއްވަނަ ދުވަހު ސުޕްރީން ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކޮށް ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ