ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތް ރާއްޖޭގައި ބޭއްވުމަކީ ދިވެހިންނަށް ލިބުނު ބޮޑު ޝަރަފެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ކުޅުދުއްފުށި ސިޓީގައި މިއަދު ފެށުނު ކޮމަންވެލްތު ގައުމުތަކުގެ ފުރަތަމަ ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕާއި ގުޅުވާ ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ރައީސް ވިދާޅުވީ މި މުބާރާތް ރާއްޖޭގައި ބޭއްވޭ ކަމީ ދިވެހި ރައްޔިތުންނަށް ލިބުނު ބޮޑު ޝަރަފެއްކަމަށާއި، އަދި މިއީ ކުޅިވަރުގެ ބައިނަލްއަގުވާމީ ދަނޑުތަކުގައި ދިވެހިން ހާސިލުކުރި ބޮޑު ކުރިއެރުމެއް ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވި އެކިއެކި ޓީމުތަކަށާއި، މުބާރާތުގެ މެޗުތައް ބަލަން ރާއްޖެއައި ފަރާތްތަކަށް މަރުހަބާ ދަންނަވަމުން ރައީސް ވިދާޅުވީ މިއީ ކުޅިވަރަށް ދިވެހިން ކުރާ ލޯބި ދުނިޔެއަށް ހާމަވެ، މި ގައުމުގެ ރީތިކަން އެތައް ބަޔަކަށް އިތުރަށް އިޝްތިހާރުވާނެ ރަނުގެ ފުރުސަތެއް ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ މުބާރާތުގައި ބައިވެރިވި ހުރިހާ ގައުމުތަކުގެ ޓީމުތަކުންވެސް މޮޅު ކުޅުމެއް ފެންނާނެކަމަށް އިންތިޒާރުކުރައްވާ ކަމަށާއި، ހާއްސަކޮށް ދިވެހި ގައުމީ ޓީމަށް ވަރަށް ފަހުރުވެރި ކާމިޔާބީއަކަށް އެދޭ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް، އަހުމަދު މުޖުތަބާ (މުޖޭ) ވަނީ ދިވެހި ރާއްޖެ އަކީ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ނެތް ވަރުގެ ބީޗްތަކެއް އޮތް ގައުމެއްކަމަށާއި އެހެންކަމުން ރާއްޖޭގައި މި ވަރުގެ މުބާރާތެއް ބޭއްވުމަކީ، ކުޅިވަރުގެ ޒަރިއްޔާ އިން ރާއްޖޭގެ ރީތި ބީޗް ދައްކާލެވޭނެ ފުރުސަތެއް ކަމުގައި ވިދާޅުވެފައެވެ.
ހޭންޑުބޯޅައަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކަހަލަގޮތަކަށް އެންމެ ގިނައިން ކުޅޭ އެއް ކުޅިވަރެވެ.
ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތް ރާއްޖޭގައި ބޭއްވުމަކީ ދިވެހިންނަށް ލިބުނު ޝަރަފެއް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ