ކިޔައިލަން ފުރުސަތަކަށް އެދިއެދި އޮއްވައި، ކައުންސެލް ޖެނެރަލްގެ ލަފާތަކާއެކު ބިލު ފާސްކޮށްފި
މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބިލުގެ ކޮމިޓީ ރިޕޯޓު، ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ހުށަހެޅުއްވި ލަފާތަކާއެކު ފާސްކޮށްފިއެވެ. ބިލާ ދެކޮޅަށް ނޫސްވެރިންނާއި، އިދިކޮޅު އެމްޑީޕީއިން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖުކުރަމުންނެވެ. މިއަދު ވެސް ހެނދުނު 08:30 އިން ފެށިގެން ނޫސްވެރިން އަންނަނީ މަޖިލިސް ދޮށުގައި އިހުތިޖާޖުކުރަމުންނެވެ. ސަރުކާރުގެ ވަޒީރުންނާއި، ސިޔާސީ ބޭފުޅުންގެ އިތުރުން ސުޕަމެޖޯރިޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ބިލުގެ ދިފާއުގައި ވާހަކަދައްކަވަމުން ދަނިކޮށް ބަންޑާރަނައިބުގެ އޮފީހުން ވަނީ ނޫސްވެރިންގެ ކަންބޮޑުުވުންތަކާ ގުޅިގެން 14 އިސްލާހެއް ބިލަށް ހުށަހަޅައިފައެވެ. އެ އިސްލާހުތަކާއި އިތުރު އިސްލާހުތަކެއް ހިމެނޭ ގޮތަށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އިއްޔެ ބިލް ފާސްކޮށްފައެވެ. އެއާއެކު މިއަދު މެންދުރުފަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ބިލު ފާސްކޮށް ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ފާސްކުރުމަށް ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި، ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާތަކެއް ދެއްވިކަމަށް ކޮމިޓީގެ މުގައްރިރު އެއީ ކޮމިޓީއަށް ވަދެ ތިއްބެވި އެމްޑީޕީގެ މަޖިލިސް މެންބަރުންގެ އިތުރުން ނޫސްވެރިން ވެސް އަޑުހަރުކޮށް، ކަންބޮޑުވުން ފާޅުކުރަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ