ރީނދުލުން ލިބޭ މުހިންމު ބައެއް ފައިދާ

ރީނދުލަކީ ކާއެއްޗެހި ތައްޔާރު ކުރާއިރު، އޭގައި ކުލަ ޖެއްސުމަށާއި، ރަހަ ގެނައުމަށް ބޭނުން ކުރަމުން އަންނަ، ވަރަށް ވެސް ފައިދާ ހުރި އެއްޗެކެވެ.
ކާތަކެތި ތައްޔާރު ކުރުމަށް ރީނދޫ ބޭނުން ކުރަމުން އަންނަތާ އެތައް ސަތޭކަ އަހަރެއް ވަނީ ވެފައެވެ.
އަޅުގަނޑުމެން ދިވެހީން ވެސް އެކި ބާވަތުގެ ރިހަ ތައްޔާރު ކުރާއިރު ބޭނުންކުރާ ރީނދުލަކީ އަވަށްޓެރި އިންޑިއާގައި ވެސް ނުހަނު މަގުބޫލު ހަވާދުލުގެ ބާވަތެކެވެ.
ޗައިނާ އަދި އިންޑިއާގައި ގަދީމީ ބޭސްވެރިކަމުގައި ވެސް، އިނގުރު އާއިލާއަށް ނިސްބަތްވާ ރީނދޫ ބޭނުން ކުރެއެވެ. މިއީ ބޭސްވެރިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާތާ ހާހަކަށްވުރެވެސް ގިނަ އަހަރުވެފައިވާ އެއްޗެކެވެ. ރީތިވާ ސާމާނު އުފެއްދުމުގައި ވެސް ރީނދޫ ބޭނުންކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ރީނދުލަކީ ކިޑްނީގައި ހިލަ އުފެދުމާއި، ރާއްޖެބައްޔާއި، އިންފްލެމޭޝަން ޑިޕްރެޝަން، ތަފާތު އެލާޖީތައް އަދި ލޮލުގެ މައްސަލަތަކަށް ވެސް ފަރުވާއެއް ކަމުގައި ސިއްހީ މާހިރުން ބުނެއެވެ.
މިއީ އެންޓި ބެކްޓީރިއަލް، އެންޓި އިންފްލިމޭޓަރީ އަދި އެންޓި އޮކްސިޑަންޓްގެ ގިނަ މާއްދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ.
ރީނދޫއިން ހަށިގަނޑުގެ ހޫނުމިން އެއްވަރެއްގައި ހިފަހައްޓައިދިނުމަށް އެހީވެދިނުމުގެ އިތުރުން ހަޖަމު ކުރުން ވެސް ރަނގަޅު ކޮށްދެއެވެ.
ީރީނދުލުން ލިބޭ ގިނަ ފައިދާތަކުގެ އަސްލަކީ އޭގައި ހިމެނޭ މާއްދާއެއް ކަމުގައިވާ ”ކާކިއުމިން“އެވެ. މިއީ އެންޓިއޮކްސިޑެންޓް އަދި އެންޓިއިންފްލެމޭޓަރީ މާއްދާއެކެވެ.
ކެންސަރު ބައްޔާ ދެކޮޅަށް މަސައްކަތް ކުރާ މި މާއްދާ އަކީ ކެންސަރުގެ ސެލްތައް މަރާލައި، ބަލި އިތުރަށް ފެތުރިގެން ދިޔުން ހުއްޓުވައިދޭ މާއްދާއެކެވެ.
ހުޅުތަކުގައި ރިއްސުމަށް މަގުފަހި ކުރުވާ އާތުރައިޓިސް ނުވަތަ ރާއްޖެބަލި ހުންނަ މީހުންނަށް ވެސް ރީނދުލަކީ ރަނގަޅު ފަރުވާއެއް ކަމުގައި ބުނެވެއެވެ.
ރީނދުލުގައި ހިމެނޭ ”ކާކިއުމިން“ އަކީ އާތުރައިޓިސްގެ ސަބަބުން ހުޅުތަކުގައި ރިހޭ ރިހުމަށް ފަރުވާއެއް ކަމަށް ބައެއް ސިއްހީ ލިޔުންތަކުގައިވެއެވެ.
މީގެ އިތުރުން، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދިނުމާއި، ލިވާ ސާފުކޮށްދިނުމާއި، ހިތުގެ މައްސަލަތަކުން ރައަކާތެރިކޮށްދިނުމާއި، ކޮލެސްޓްރޯލް ދަށްކޮށްދިނުމާއި، ގައިގެ ހަންގަނޑު ރީތި ކުރުމަށް ވެސް ރީނދޫ ބޭނުން ކުރުން އެދެވިގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ