ރާއްޖޭގައި ކުރިއަށްދާ އެންމެ ފޯރިގަދަ ރިސޯޓް ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ ސައުތު މާލެ ޒޯންގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށިންނާއި ހާޑްރޮކް ހޮޓެލް މޯލްޑިވްސް އިން ހޯދައިިފި އެވެ.
ވިއްސާރައިގެ ސަބަބުން ފަސްކުރަން ޖެހުނު ކުއާޓާ ފައިނަލް ދެ މެޗު އިއްޔެ ވަނީ ކުރިއަށްގެންގޮސްފަ އެވެ.
އެ ގޮތުން، ވަލްޑޯފް އިން ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ވަނީ އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓް އަތުން 6-1 އިން މޮޅުވެފަ އެވެ. އަދި، ކުއާޓާ ފައިނަލްގެ އަނެއް މެޗުގައި އިއްޔެ ހާޑްރޮކް އާއި ޖޭޑަބްލިއު މެރިއަޓް މޯލްޑިވްސް ކާފު އެޓޯލް އައިލެންޑް ރިސޯޓް ކުޅުނު މެޗު 1-1 އިން އެއްވަރުވެ، ޕެނަލްޓީގައި ހާޑްރޮކް މޮޅުވީ 5-4 އިންނެވެ.
ވަލްޑޯފުން އިއްޔެގެ މެޗުގައި ލަނޑުތައް ޖެހީ އިބްރާހިމް ރަފާހު ދެ ގޯލާއި އަބްދުﷲ ރަބާހު މުހައްމަދު، މުހައްމަދު ފަޒީލް، އަހުމަދު ސިޔާމް އަދި ސުލައިމާން އަނީސް އެވެ. އަނަންތަރާ ދިގުގެ ލަނޑު ޖެހީ އަހުމަދު ރަފާހު އެެވެ.
ހާޑްރޮކުން އިއްޔެެގެ މެޗުގެ ފަސް ވަނަ މިނިޓްގައި، މުހައްމަދު އައިލަމް އަބްދުﷲގެ ގޯލުން ލީޑުނެގި އެެވެ. ޖޭޑަބްލިއު މެރިއަޓް އަށް އެއްވަރުކޮށްދިނީ ހުސެއިން މުނާޒް އެެވެ. ހާޑްރޮކްގެ ޕެނަލްޓީތައް ކާމިޔާބުކުރީ އައިލަމް، އަހުމަދު މަޝީދު، މުހައްމަދު ތަޝްމީން (ތައްތި) އަދި އިބްރާހިމް ޝާން އެވެ. މެރިއަޓުން ޕެނަލްޓީ ކާމިޔާބުކުރީ، މުނާޒް، މުހައްމަދު ޝިފާޒް އަދި އަހުމަދު ސަމޫހު އެވެ.
ސެމީ ފައިނަލްގެ ފުރަތަމަ ޖާގަތައް ހޯދީ، ސައި ލެގޫން މޯލްޑިވްސް ކުރީއޯ ކަލެކްޝަން ބައި ހިލްޓަން އާއި ވެލައްސަރު މޯލްޑިވްސް އެވެ.
ރިސޯޓް ލީގު: ސެމީގެ ފަހު ޖާގަތައް ހާޑް ރޮކް އާއި ވަލްޑޯފް އަށް ރިސޯޓް ލީގު: ސެމީގެ ފަހު ޖާގަތައް ހާޑް ރޮކް އާއި ވަލްޑޯފް އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ