ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ ދަރިކަލުން ޢުމައިރު މުޙަންމަދު މުޢިއްޒަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލުގެ ކިބައިން ބަދަލު ހޯދޭނެ ކަމަށް ފެމިލީ ކޯޓުން ހުކުމްކޮށްފި އެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ބޭއްވި މުޒާހަރާއެއްގައި އެޕާޓީގެ އެކްޓިވިސްޓެއްކަމުގައިވާ މަރިޔަމް ޒުބައިރު، އަދި މާޒް އަހްމަދު ސަލީމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ ދަރިކަލުން ޢުމައިރު މުޙަންމަދު މުޢިއްޒަށް ނިސްބަތްކޮށް ވާހަކަތަކެއް ދައްކާފަ އެވެ. އެކަމުގެ ސަބަބުން ޢުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނޭ ޙާލަތެއް މެދުވެރިކުރުވާފައިވާ ކަަމަށް އާއިލާއިން ދެކެ އެވެ.
އެ ހާލަތުގައި އެމްޑީޕީގެ ވެރީންނާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ އެ ވާހަކަތަކަށް ތާއީދުކުރާ މޭރުމަކުން ވާހަކަ ދައްކަވާފަ އެވެ. އެހެން ކަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެމްޑީޕީގެ މައްޗަށް ވެސް ދައުވާ އުފުލި އެވެ.
ފެމެލީ ކޯޓުން ނިންމި ނިންމުމުގައި ވަނީ އެ ވާހަކަތަކުގެ ސަބަބުން އުމަރުގެ ކަރާމާތަށް އުނިކަން ލިބިފައިވާ ކަމަށެވެ. އެހެން ކަމުން އެއްވުން އިންތިޒާމުކުރި އެމްޑީޕީއާއި އެ ޕާޓީގެ އެންމެ އިސް މީހާގެ ހައިސިއްޔަތުން ފައްޔާޒު އިސްމާއީލު ޒިންމާ ނަންގަވަން ޖެހޭނެ ކަމަށެވެ. އަދި ފައްޔާޒާއި މަރިޔަމް ޒުބައިރު އަދި އެމްޑީޕީގެ ކިބައިން ބަދަލު ހޯދުމުގެ ހައްގު ރައީސްގެ ދަރިކަލުންގެ މަންމާފުޅުގެ ހައިސިއްޔަތުން ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް އޮންނާނެ ކަމަށެވެ.
ނަމަވެސް މި މައްސަލާގައި އެކަމަނާ ތަމްސީލުކުރެއްވި ރެހެންދި ޗެމްބާސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ދައުވާ ކުރެއްވުމުގެ މަގުސަދަކީ ސިޔާސީ ހަނގާކުރުމާއި ހަމަަލާތަކުން ކުޑަކުދިން ރައްކާތެރިކުރުން ކަމަށެވެ. އަދި މި މައްސަލަ ހުށަހެޅުއްވީ އެއްވެސް ހާލެއްގައި ބަދަލު ހޯދުމަށް ނޫން ކަމަށް ކަމަށާ އެހެން ކަމުން ރައީސާއި އެމަނިކުފާނުގެ އަނބިކަނބލުން ނިންމަވާފައިވަނީ ބަދަލު ހޯދުމަށް ހުށަނޭޅުމަށް ކަމަށް ބުނެފައިވެ އެވެ.
ރައީސްގެ ދަރިކަލުންގެ ކަރާމަތަށް އަރައިގަތް މައްސަލަ: އެމްޑީޕީ އާއި ފައްޔާޒްގެ ކިބައިން ބަދަލު ހޯދޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ