މާލެއިން ފުރައިގެން 25 މިނެޓުން ދެވޭ ރަށެއްގައި، ޓްރަމްޕް ބްރޭންޑުގެ ރިސޯޓެއް ހަދަނީ

މާލެއިން ފުރައިގެން ގާތްގަނޑަކަށް 25 މިނެޓުން ދެވޭ ރަށެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމިއްލަ ވިޔަފާރި ކުންފުނި، ދަ ޓްރަމްޕު އޮގައިޒޭޝަނުން ރިސޯޓެއް ހަދާނެކަން މިއަދު އިއުލާނުކޮށްފިއެވެ. ބޭރުގެ ނޫސްތަކުގައި ލަގްޒަރީ ރިއަލް އެސްޓޭޓް ޑިވެލޮޕަރު، ޑާ ގްލޯބަލް އާއި ޓްރަމްޕް އޮގަނައިޒޭޝަނުން ނެރުނު ބަޔާނަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ރިސޯޓުގައި 80 އަށް ވުރެ ގިނަ އަލްޓްރާ ލަގްޒަރީ ބީޗާއި މޫދު ކޮޓަރި ހުންނާނެއެވެ. އެ ބަޔާނުގައި ވަނީ، ރިސޯޓު ހުޅުވުމަށް ހަމަޖެހިފައި ވަނީ، 2028ގެ ފަހުކޮޅު ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: އީޕީއޭ މީގެ އިތުރުން، މި މަޝްރޫއު ކުރިއަށްގެންދިޔުމަށް އިންވެސްޓަރުން ހޯދުމުގައި ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކުރުމަށް ނިންމައިފައިވާކަން ވެސް ދެ ކުންފުނިން ހާމަކޮށްފައިވެއެވެ. މި ކަމާ ގުޅިގެން ޓްރަމްޕް އޯގަނައިޒޭޝަންގެ ނައިބު ރައީސް އަދި، ޓްރަމްޕުގެ ދަރިކަލުން އެރިކް ޓްރަމްޕު ވިދާޅުވީ، ރާއްޖެއަށް އެ ބްރޭންޑު ތައާރަފުވުކުރެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ޓްރަމްޕް އޯގަނައިޒޭޝަންގެ ހޮޓާތަކާއި ރިސޯޓުތައް އެމެރިކާގެ އިތުރުން ސްކޮޓްލެންޑާއި ދުބާއީގައި ވެސް ހިންގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ