އާސަންދައިން އައިވީއެފް ފަރުވާއަށް 50 ޖާގައަށް ހުޅުވާލައިފި
"އައިވީއެފް" ފަރުވާ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ "ފާޓިލިޓީ ކެއާ ފަންޑު"ގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ މި ޕްރޮގްރާމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މިއަހަރު "އައިވީއެފް"ގެ ފަރުވާއަށް އެހީ ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވަނީ، އެންމެ މަތިން ޕޮއިންޓް ލިބޭ 50 ދެމަފިރިންނަށް ކަމަށެވެ. "އައިވީއެފް" ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން މި ފުރުސަތަށް އެދި ހުށަހެޅުމަށް ވަންގަވް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅޭނެކަމަށް އެން. ބުރާސްފަތި ދުވަހުން ފެށިގެން ޑިސެންބަރު 20 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް މި ޚިދުމަތަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށް އެންސްޕާ އިން ބުންޏެވެ. "އައިޔޫއައި" އަދި "އައިވީއެފް" ގެ ފަރުވާތައް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު “ ވެސް މި އިއުލާނުގައި ޝާއިއުކޮށްފައިވެއެވެ. އަދި މިކަމާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް އެދޭނަމަ ނުވަތަ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާނަމަ، އެ އެޖެންސީގެ ހޮޓްލައިން 1402 އަށް ގުޅޭނެ ކަމަށް އެންސްޕާ އިން ބުންޏެވެ. ނުވަތަ އެ އެޖެންސީއަށް އީމެއިލް ކުރުމަށް އެދިފައިވެއެވެ. މާލީ ފުދުންތެރިކަން ނެތް މީހުންނަށް ދައުލަތުގެ ޚަރަދުގައި އައިވީއެފް ހެދުމުގެ އިންތިޒާމު ފަހިކޮށްދިނީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ. އެގޮތުން، ސަރުކާރުގެ ޚަރަދުގައި އައިވީއެފް ފަރުވާ ދިނުމަށް ހަމަޖެހިފައިވާ ފުރަތަމަ ބެޗުގެ 100 މީހުންނަށް 30 މިލިއަން ރުފިޔާ ކަނޑައަޅައިފައިވެއެވެ. އެންސްޕާ އިން މި މަހު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، ފާޓިލިޓީ ކެއާ ފަންޑު މެދުވެރިކޮށް މި ދެ އަހަރުގެ ތެރޭގައި 93 މީހަކަށް އައިވީއެފް ހެދުމަށް އެހީތެރިވެދީފައިވެއެވެ. އޭގެ ތެރެއިން ފަރުވާ ކާމިޔާބުކޮށްފައިވަނީ 23 މީހުންނެވެ. 100 މީހުންގެ ތެރެއިން މިހާތަނަށް 93 މީހުންނަށް ފަރުވާ ދެވިފައިވާއިރު އެކި ސަބަބުތަކާ ގުޅިގެން ޕްރޮގްރާމަށް ޝަރުތު ހަމަވީ ބައެއް ދެމަފިރިން ފަރުވާ ފަށާފައިނުވާ ކަމަށް ހީނާ ވިދާޅުވިއެވެ. މިވަގުތު ރާއްޖެއިން އައިވީއެފްގެ ޚިދުމަތް ފޯރުކޮށްދެނީ ޓްރީޓޮޕް ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުންނެވެ. https://sun.mv/213851 ދަރިމައިވުމުގެ މައްސަލަތައް ހުންނަ ގިނަ ދިވެހީން، ބޮޑެތި ޚަރަދުތައް ކޮށްގެން އައިވީއެފްގެ ފަރުވާ އާންމުކޮށް ހޯދަނީ ރާއްޖެއިން ބޭރަށް ގޮސްގެންނެވެ. އެހެންކަމުން ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ އައިވީއެފްގެ ޚިދުމަތް އާސަންދަ މެދުވެރިކޮށް ލިބޭނެގޮތް ހަމަޖައްސައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ