ހުޅުމާލެ ފޭސް 1 ކަންނެލި ޖެޓީ ސަރަހައްދުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 23 ރަބަރު ޕެކެޓް ފުލުހުން ހޯދައި، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ތަކެތި ފެނުނީ މި މަހުގެ 8 ވަނަ ދުވަހު ފުލުހުން ރަށުތެރޭގައި ޕެޓްރޯލް ކުރަމުން ދަނިކޮށް، އެ ސަރަހައްދުގައި ތިބި ބައެއްގެ އަމަލުތައް ހުރިގޮތުން ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރޭގައެވެ.
ފުލުހުން އެ ސަރަހައްދު ބަލައިފާސްކުރުމުގައި، ކަންނެލި ޖެޓީގެ ޑޮކް ފެންޑަރެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 23 ރަބަރު ޕެކެޓް ފެނިފައިވާއިރު، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފައިވެއެވެ. އަދި މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ފާއިތުވި އަހަރުތަކުގައިވެސް ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މަސްތުވާތަކެތި ފެނިފައިވާއިރު، ފުލުހުން ގަވާއިދުން އެ ސަރަހައްދުތަކުގައި ޕެޓްރޯލްކޮށް، ބަލައިފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ކަންނެލި ޖެޓީ ޑޮކް ފެންޑަރެއްގެ ތެރެއިން މަސްތުވާތަކެތި ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ