ޕީޕީއެމްވެސް އޮތީ ފެއިލްވެފަ: ގާސިމް

ޕީޕީއެމްވެސް އޮތީ ފެއިލްވެފައި ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ، ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖޭޕީގެ ޖަގަހަ ހުޅުވާދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ގާސިމް ވިދާޅުވީ، މީގެ ކުރީގަ ވެރިކަން ކުރެއްވި ހުރިހާ ރައީސުންވެސް ޖަލަށް ލާފައިވާ ކަމަށެވެ. އަދި އެއީ ހިތާމަހުރި ކަމެއް ކަމަށެވެ.
” 2008ން ފެށިގެން، އެގެ ކުރީގަވެސް ބަލަމާ ހިނގާ، ރައީސް އިބްރާހިމް ނާސިރާ ހަމައިން ފެށިގެން މި ދިވެހިރާއްޖޭގަ ވެރިކަން ކުރާ ކޮންމެ ބޭފުޅަކުވެސް އެބަޖެހޭ ޖަލަށް ލާން. މީ ކޮންފަދަ މުސީބާތެއް ތޯ. މި ކީއްވެގެން ވާ ކަމެއްތޯ؟ މީ ދެރަވަރު ކަމެއް، އިންތިހާ ދަރަޖައިގެ: ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެކަމުގެ ތަފްސީލަށް ވަޑައިގްނަނަވަން ބޭނުންފުޅު ނުވާ ކަމަށެވެ. ނަމަވެސް އެއީ ވިސްނާލަން ޖެހޭ މައްސަލައެއް ކަމަށެވެ.
ގާސިމް ވަނީ ރައީސް މައުމޫން ޖަލަށް ލީ ހާދިސާއަށް ކޮންމެވެސް ވަރަކަށް އަލި އަޅުވާލާފައެވެ.
“ރައީސް މައުމޫން އަބްދުލްގައްޔޫމް، ކާކުތޯ އެބޭފުޅާ ޖަލަށް ލީ. ކޮން ކަމަކާތޯ؟ ރައިސް ޔާމީނު އެބޭފުޅާ ޖަލަށްވީ، ވެރިކަން ހޯދާދެއްވި، ކިޔަވާދެއްވި، މިނިސްޓަރުކަން ދެއްވި، ހުރިހާ ކަމެއް ކޮށްދީ، ޕާޓީއެއް ހަދަފައި އެންމެ ފަހުން ޕާޓީގެ ތެރެއިން ތާއީދު ކުރައްވައިގެން ވެރިކަންވެސް ހޯދައިދެއްވީމަ” ގާސިމް ވިދާޅުވިއެވެ.
މައުމޫނު ޖަލަށް ލީ އުމުރު ފުޅުން 80 އަހަރު ވެފައި ވަނިކޮށް ކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ މައުމޫނު ޖަލުގައި އަހަރެއްހާ ދުވަހު ބެހެއްޓެވި ކަމަށެވެ. އަދި އެ އަހަރުގެ ރޯދަ މަހުގައިވެސް މައުމޫނު ހުންނެވީ ޖަލުގައި ކަމަށާއި، މައުމޫނާއެކު ދަރިކަލުން ފާރިސް މައުމޫނާއި، ޔުމްނާ މައުމޫނުގެ ފިރިކަލުން ޖަލަށް ލެއްވި ކަމަށް ގާސިމް ވިދާޅުވިއެވެ.
ނަމަވެސް އެ މައްސަލައިގެޝަރީއަތް ނިމުނުއިރު އެއްވެސް ކަމެއް ސާބިތު ނުވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
އޭގެ އިތުރުން ގާސިމް ވިދާޅުވީ، 2018 ވަނަ އަހަރު ވެރިކަމަށް ކުރިމަތިލައްވަން ވެގެން އޭރު ވެރިކަމަށް ކުރިމަތިލާފާނެ ކަމަށް ގަބޫލުކުރެވުނު ހުރިހާ އެންމެން ޖަލަށް ލީ ކަމަށެވެ.
“އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ ޕީޕިއެމްވެސް އޮތީ ފެއިލް ވެފައޭ” ގާސިމް ވިދާޅުވިއެވެ.
Your email address will not be published. Required fields are marked *
ހިޔާލު * document.getElementById("comment").setAttribute( "id", "af65b9fb6357706a8ebf43a420750629" );document.getElementById("bb7c1a6aaf").setAttribute( "id", "comment" );
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male’ Maldives© Copyright 2020, Dhuvas.mv, All Rights Reserved
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ