މެޓުން ލަފާ ކުރާ ގޮތުގައި މާދަމާ މޫސުން ރަނގަޅު

މާދަމާ އަކީ ރާއްޖޭގެ ތާރީޚު ބަދަލުކޮއްލާނެ ބޮޑު ދުވަހެކެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ބާއްވާއިރު އެތައް ބަޔަކު ވޯޓުލުމަށް ކަނޑުގެ މަގުންނާއި ވައިގެ މަގުން ދަތުރު ކުރާނެއެވެ. ވޯޓަށް ދަތުރު ކުރާ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މާދަމާގެ މޫސުން ގޯސްވުމެވެ.މާދަމާގެ ވޯޓުލުން ފެށޭނީ ހެނދުނު 8:00 ގަ އެވެ. ވޯޓު ފޮށިތައް، ކިއުއެއް ނެތް ނަމަ ހަވީރު 4:00 ގައި ބަންދުކުރާނެ އެވެ. މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި މި ވަގުތުތަކުގެ މޫސުން ރަނގަޅުވާނެ ކަމަށެވެ."ރާއްޖޭގެ ދެކުނަށް މޫސުން ރަނގަޅުވާނެ، މެދުރާއްޖެތެރެ އަދި އުތުރުގެ ރަށްރަށް ކުޑަކޮށް ކެރީގެ އަސަރު ކުރި ނަމަވެސް އާންމު ގޮތެއްގައި ރަނގަޅުވާނެ، ވަޔާއި ކަނޑުތައްވެސް މަޑުވާނެ ކަމަށް ފެންނަނީ،" މެޓުން މައުލޫމާތު ދެއްވި އޮފިޝަލު ވިދާޅުވި އެވެ.ނިމިގެން މިދިޔަ ހަފުތާއަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ހަފުތާއެކެވެ. އެގޮތުން މެޓް އޮފީހުން ވަނީ އެކި ފަހަރު މަތިން އެކި ހިސާބުތަކަށް އެލާޓް ނެރެފައެވެ.އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ނަންބަރު ތަރުތީބުންކެންޑިޑޭޓު ނަންބަރު 1 - އުމަރު ނަސީރުކެންޑިޑޭޓު ނަންބަރު 2 - ހަސަން ޒަމީލްކެންޑިޑޭޓު ނަންބަރު 3 - އިބްރާހިމް މުހައްމަދު ސޯލިހުކެންޑިޑޭޓު ނަންބަރު 4 - ޑރ. މުހައްމަދު މުއިއްޒުކެންޑިޑޭޓު ނަންބަރު 5 - ގާސިމް އިބްރާހިމްކެންޑިޑޭޓު ނަންބަރު 6 - އަހުމަދު ފާރިސް މައުމޫނުކެންޑިޑޭޓު ނަންބަރު 7 - އިލްޔާސް ލަބީބުކެންޑިޑޭޓު ނަންބަރު 8 - މުހައްމަދު ނާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ