މަކުނުދޫއަކީ އަތޮޅުގެ އެހެން ރަށްތަކާ ވަކިން އެކަހެރިކޮށް އޮންނަ ރަށަކަށް ވުމުން، ދަތުރުފަތުރުގެ ދަތިކަމަކީ އެ ރަށު ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.
މަކުނުދޫ އެއާޕޯޓް އެންމެ ފުރަތަމަ ފަރުމާކޮށްފައިވަނީ 1،500 މީޓަރުގެ ރަންވޭއަކާއެކު ކަމަށްވީ ނަމަވެސް، ރައްޔިތުންގެ އެދުމުގެ މަތިން ރަންވޭ އިތުރަށް ބޮޑުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. 2024 ވަނަ އަހަރު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވިދާޅުވީ މަކުނުދޫގައި ތަރައްޤީކުރާނީ 1،800 މީޓަރުގެ ރަންވޭއެއް ކަމަށެވެ. އެއާޕޯޓްގެ މަސައްކަތް ނިމުމުން އެތަން ހިންގުމަށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ.
މިހާރު ހދ. އަތޮޅުގައި ހިދުމަތް ދެމުންދަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށީ އެއާޕޯޓެވެ. މަކުނުދޫ އެއާޕޯޓާއެކު އެ އަތޮޅުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.
މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ