އަބްދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލު ކުރަނީ

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ފެމިލީ ކޯޓްގެ އިސް ގާޒީ ކަމަށް ހަމަޖައްސަން ޖުޑީޝަލް ސާވިސަސް ކޮމިޝަން، ޖޭއެސްސީ ގައި މަޝްވަރާ ކުރަން ހަމަޖެހިއްޖެ އެވެ.
ޝަރުއީ ދާއިރާގެ، އިސް ބޭފުޅަކު އަވަސް އަށް ކަށަވަރުކޮށްދެއްވި ގޮތުގައި އެކަމަށް ޓަކައި ބާއްވާ ބައްދަލުވުމެއް މިރޭ 11:00 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަބްދުﷲ ގާޒީ ޗުއްޓީއެއް ނެންގެވުމުން ކްރިމިނަލް ކޯޓު ބަލަހައްޓަވަނީ ފަނޑިޔާރު ބާރީ އެވެ. އަޑު ފެތުރިފައިވާ ގޮތުގައި އަބްދުﷲ ގާޒީ، ގޭގައި މަޑުކުރަން އެންގީ ސުޕްރީމް ކޯޓުންނެވެ. އެހެން ނަމަވެސް އެކަން ކަށަވަރެއް ނުވެ އެވެ.
އަބްދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލުކުރާ ކަމުގެ އަޑުތައް މިވީ، ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވަނީ ގަދަވެފަ އެވެ. އެ އަޑުތައް ގަދަވެފައިވާ އިރު ފެމިލީ ކޯޓްގެ އިސް ގާޒީގެ ސުލޫކީ މައްސަލައެއް އަންނަނީ ޖޭއެސްސީ އިން ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ