ކުރިއަށް ކަނޑާ ވަރަށްވުރެ ރައްޔިތުންގެ މާޔޫސްކަން ބޮޑު

ހިޔާލާއި ހިޔާލާތު އެނބުރެމުން ސެބުރެމުން ގޮސް ނިމެނީ ޖީބަށެވެ. މިއަދު ވިފާގުގެ ނަން ކިޔުން އަބުރަކަށް ނުވާނެއެވެ. ޔުމްނުއޭ ކިޔާތޯއެވެ. މަގު މުޒާހިރާއަށް ނިކުތް މީހުންގެ ގާތަށް ދިޔައީ ބޮޑު ފޮއްޓެކެވެ. ފޮށި އުފުލީ ކުރިންވެސް ފައިސާ ގޯނި އުފުލި މީހެކޭވެސް ބުނެއެވެ. 
އަމިއްލަ ބަރަހަނާ ފޮޓޯނަގާ ވީޑިއޯކޮށް ހިލޭ އަންހެނުންނަށް ފޮނުވުނު ހަނދާންވެސް ނުހުރެދާނެއެވެ. ސަމޯއާ އެގްރީމަންޓްގައި ސޮއި ކުރުންވެސް ކަމަކަށް ނުވެދާނެއެވެ. ވިއްކާލި ކަނޑުން މަހެއް ނުބޭނެއެވެ. އެކަމަކު ވަރިހަމައެވެ. ސިއްރު އެގްރީމަންޓްތަކުގެ ކުލަ ފިލައިފިއެވެ.
ވޯޓެއް ހޯދަން ބޭނުންވެގެން ރޮއި އާދޭސް ކުރިއަސް ކުރިއަށް ކަނޑާ ވަރަށް ވުރެ ރައްޔިތުންގެ މާޔޫސް ކަން ބޮޑުވެއްޖެއެވެ. ހިލޭ ނިކުމެ ހިނިތުން ވެލަންވެސް ބޭނުމެއް ނުވެއެވެ. ފަހަތު ޖީބަށް އަސަރު ނުކުރާގޮތަށް ތުންތަޅުވާލަން ވެސް ރައްޔިތުން ބޭނުމެއް ނުވެއެވެ. 
ހަރު މީސް މީހުން ބުނާތީއަހަމެވެ. “ފެލޭހާ ތެތް ނުވާށެވެ. ބިނދޭހާ މުރަނަ ނުވާށެވެ”. ސަރުކާރަކަސް ވެރިއަކަސް އަމިއްލަ ނަފުސުގެ އަގު ހިފަހައްޓާށެވެ. އަބަދު ތިމާ ބޭނުންވާ ގޮތަށް ކަންކަން މިސްރާބު ނުވެދާނެއެވެ. މީހާގެ ގޮތެއް ހުރިއްޔާ ކޮންމެ މީހަކާއި ވެސް ގާތް ވެވޭނެއެވެ.
ސަރުކާރުގެ މަޖިލިސް ހޮވަން އުޅުނު ދުވަސްވަރު މީހުން ރަށުތެރޭގައި ކިޔާތީ އިވުނެވެ. ކޮންމެވެސް ފުރޭންޏެއްގެ ނަމުން ނަން ކިޔާ ނާޒިމެކޯލައެވެ. ނުރައްކާތެރި މީހެކޯލައެވެ. “ސަރުކާރުގެ މަޖިލިސް މެމްބަރުންނަށް އަދި ކިރިޔާ މި ރޭކާލީ ނާޒިމްއަކީ ކާކުކަން” މީހަކު ބުންޏެވެ. ނުކުރާކަށް ކަމެއް ނޯންނާނެއެވެ. ކުރީ ކޮޅުގައި ވެރިޔާގެ ތިމާގެ ބޭފުޅެއް ކަމުން ކޮންމެ ކަމެއް ހަލާލެވެ.
އެންޖެލީކް ޝެރޯން އަކީ ދިވެހި ގިނަ ފިރިހެނުންތަކެއް ޝިކާރަ ކުރި ފޮޓޯގަނޑެއް ކަމަށް އޭރު އިވެއެވެ. ޓީވީ ފަންކާއަކާއި ބައިވަރު މީހުން ޝިކާރަ ކުރި ވާހަކަ ކިޔެވެ. ކޮންމެ އަކަސް އެ ވެބްކެމް ގެ ވާހަކަ އޭރުވެސް ގޮވި ބަޔަކު ގޮވިއެވެ. ގޮތް ދޫނުކޮށް ބަޔަކު މީހުން މަޖުބޫރު ވެގެން ނަމަވެސް ހޮވީތާއެވެ.
ކާފަމެން ބުނާނެއެވެ. “ޖާހިލުން ވެރިކަމަށް ގެނައުމާއި، ރަސްކަމަށް ބުޅާ ފިކުރު ލުމާއި، މޮޔައަކު އަތަށް ކަނޑިއެއް ދިނުމަކީ ހަމަ ވިސްނޭ ބަޔަކު ކޮށްގެން ވާނޭ ކަންކަމެއް ނޫނެވެ”. 
އޮޅިގެން ނަމަވެސް ޒަހަރު ބައެއް ފަހަރު މީހުންނަށް ބޮވެއެވެ، ކެވެއެވެ. ހަމަ ހެޔޮކޮށް މިއޮތީ ނުކުރާން އެދުނު ކަމެއް ވެފައެވެ. ޖާހިލެއް ވެރިކަމަށް ގެނެވިފައެވެ. އަދި ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި މުއްސަދި ވެސް ވެއްޖެއެވެ. ކާފަ ބުނާ ވާހަކައާއި ކުޑަތަންކޮޅެއް ތަފާތުވެއްޖެއެވެ. “މުއްސަނދި ވަގުންގެ މުށް ބާރުވާނެއެވެ” ބޮޑު ވެގެންވާ ތެދެކެވެ. ނަމަވެސް ވާހަކައިގެ އަސްލެއް ނޫނެވެ. ވާހަކައިގެ މުރާދެވެ.
ވެރިންގެ ގޮތުގައި ފެންނަނީ ދެމަފިރިއެކެވެ. އެކެއްގެ ބަސްވެސް އަޑުއަހަން ދެކޮޅު ހަދައިފިއްޔާ މުށް ބާރުވަނީ އެކަންޏެއް ނޫނެވެ. ދިރި ހުންނަން އުދަގޫވާވަރު ކުރެއެވެ. އަމިއްލަ ހިޔާލެއް ނެތެވެ. ހަދިޔާ ބޭނުމިއްޔާ ބެވިއަސް ޖެހިއަސް ތެޅިއަސް ޖެހޭނީ އިސް ޖަހައިގެން ހުންނާށެވެ. އަމިއްލަ ވިސްނުން ގުރުބާން ކުރަނީ ޖީބު ފުން ކުރާށެވެ.
ހާލަތު ބަދަލު ކުރަން ބޭނުންވާ ބަޔަކުނަމަ ހިޔާލާތުވެސް ބަދަލު ކުރަން ޖެހޭނެއެވެ. ރައްކާވެ، ހުޝިޔާރުވެ ތިބެގެން ނޫނީ ދަތުރެއް ނުކުރެވޭނެއެވެ. ޖޫން ޖުލައިގެ ގަދައަށް ހުޝިޔާރުވެ ރައްކާތެރިވެ ސަމާލުވާށެވެ. އަމާން ބަނދަރެއް ހޯދަން ވިސްނުންވެސް މުރާޖާ ކޮށްލާށެވެ. މި ރާއްޖެ ދެމިއޮންނަން ވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ