އުއްޗުގެ ތާއީދު ވެސް މޫސާ އަލީ ޖަލީލަށް!

މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ އަލީ ޖަލީލަށް، މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) ތާއީދުކުރައްވައި އެންޑޯޒްކުރައްވައިފިއެވެ.
މޫސާ ޢަލީ ޖަލީލް މިއަދު ވަނީ އުއްޗުގެ ދައުވަތަކަށް އޭނާގެ ރަށް، ޗަމްޕާގިރިއަށް ޒިޔާރަތްކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އުއްޗު ވަނީ މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޢަލީ ޖަލީލް އިންތިޚާބުކުރުމަށް ފުރިހަމައަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.
މީގެ އިތުރުން، އިންތިޚާބުގައި މޫސާ ޢަލީ ޖަލީލަށް ވޯޓު ހޯދައިދިނުމަށް މަސައްކަތްކޮށްދެއްވާނެކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައެވެ.
މި ބައްދަލުވުމުގައި އުއްޗު ވިދާޅުވީ، މާލެ ސިޓީގެ މޭޔަރުކަމަށް މިފަހަރު ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޤައުމީ ޚިދުމަތުގެ އެންމެ ފަޚުރުވެރި ރެކޯޑެއް އޮތީމޫސާ ޢަލީ ޖަލީލްގެ ކަމަށެވެ. ވަކިން ޚާއްޞަކޮށް، ސިފައިންގެ ޚިދުމަތުގައި މޫސާ ޢަލީ ޖަލީލް ދައްކަވާފައިވާ ކެރުމާއި، ހިތްވަރާއި، ރީތި ނަމޫނާއަށް އުއްޗު ތަޢުރީފުކުރެއްވިއެވެ.
އުއްޗު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޤައުމީ ޚިދުމަތުގައި އިތުބާރު ހިފެހެއްޓެވުމާއިއެކު މަސައްކަތް ކުރައްވާފައިވާ މޫސާ ޖަލީލް ފަދަ ބޭފުޅުން ޤައުމުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބެވުމަކީ އޭނާ އަބަދުވެސް އިސްކަންދެއްވާ ކަމެކެވެ. އަދި މިފަދަ ބޭފުޅުންގެ ޚިދުމަތް މިވަގުތު ޤައުމަށް ނުހަނު ބޭނުންތެރިކަން ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ