ބޯޅަ ނެތި މޮރޮކޯ މާމޮޅު، ލިބޭ ބޯޅަ ނިންމަން ޖެހޭނެ: ކްލާކް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މޮރޮކޯއާ ދެކޮޅަށް ކުޅޭއިރު ބޯޅަ ލިބިފައި އޮންނައިރު އޭގެ ބޭނުން ވަރަށް ރަނގަޅަށް ހިފަން ޖެހޭ ކަމަށް ސްކޮޓްލެންޑްގެ ކޮޗު ސްޓީވް ކްލާކް ބުނެފި އެވެ.
އޭނާ ބުނީ މުބާރާތުގެ ފުރަތަމަ މެޗުގައި ބްރެޒިލްއާ އެއްވަރުކުރި ޓީމަކީ ބޯޅަ ނެތީސް މާމޮޅު ޓީމެއް ކަމަށެވެ.
"އެމީހުންނަކީ މި މުބާރާތުގެ ވަރަށް ދުރަށް އަމާޒު ހިފާފައިވާ ޓީމެއް. ފުރަތަމަ މެޗުގައި ފެނިގެންދިޔައީ އެ މީހުން ބޯޅައާ ނުލައި ވަރަށް މޮޅަށް ކުޅުނުތަން. އަދި ބޯޅަ ލިބުނީމާ ވެސް އެ މީހުންގެ އެޓޭކްތައް ނުރައްކާ. އަހަރުމެންނަށް ބޯޅަ ލިބޭ ވަގުތު ޖެހޭނެ ވަރަށް ރަނގަޅަށް ބޭނުން ހިފަން،" ކްލާކް ބުންޏެވެ.
އޭނާ ބުނީ މި މެޗަށް ސްކޮޓްލެންޑްގެ ފޯމޭޝަނަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ފުރަތަމަ މެޗުގައި ހައިޓީއާ ދެކޮޅަށް ސްކޮޓްލެންޑް 4-4-2 އަށް ކުޅުނަސް މި މެޗުގައި ފަހަތަށް ތިން ޑިފެންޑަރުން މެދަށް ފަސް މިޑްފީލްޑަރުން ބޭނުން ކުރުން އެކަށީގެންވެ އެވެ. މި ފޯމޭޝަނަށް މުބާރާތަށް ތައްޔާރުވާން އައިވަރީ ކޯސްޓާ ދެކޮޅަށް ސްކޮޓެލެންޑް ކުޅުނީ ވެސް މި މެޗަށް ތައްޔާރުވުމަށެވެ.
"އަހަރުމެން ކޮންމެ ފޯމޭޝަނަކަށް ކުޅުނަސް ވަރަށް މަސައްކަތް ކުރަން ޖެހޭނެ. އަހަރުމެނަކީ މި މެޗުގެ ފެވަރިޓެއް ނޫން. އެހެންވީމާ އަހަރުމެން ޖެހޭ ވަރަށް މަސައްކަތް ކުރަން. ފުރަތަމަ ކަމަކީ މޮޅުވާން ކުޅުން. މޮޅުނުވެވޭނަމަ ބަލިނުވެ ފަރުޖައްސަން ޖެހޭނެ،" ކޯޗު ބުންޏެވެ.
ކްލާކް ބުނީ މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމަށް ސްކޮޓްލެންޑަށް މިހާރު ވަރަށް ބޮޑަށް އުއްމީދު ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެކަން ހާސިލް ކުރަން މި މެޗަކީ އެންމެ މުހިންމު މެޗު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ