ފީފާ ވޯލްޑް ކަޕް 2026 ގެ ”ގްރޫޕް އޭ“ ގައި 1-0 ގެ ނަތީޖާއަކުން ސައުތު ކޮރެއާ ބަލިކޮށް، ގްރޫޕުގެ އެއްވަނަ ކަށަވަރުކޮށް މެކްސިކޯއިން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މެކްސިކޯގެ އެސްޓާޑިއޯ އެކްރޮންގައި މިއަދު ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި އަދި ޓެކްޓިކަލް ކުޅުމެކެވެ. ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ފުރުސަތުތައް ލިބުނު ނަމަވެސް، އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ދެވަނަ ހާފުގެ 50 ވަނަ މިނެޓުގައެވެ. މި ގޯލު މެކްސިކޯއަށް ކާމިޔާބުކޮށްދިނީ ލުއިސް ރޯމޯއެވެ. މިއީ ސައުތު ކޮރެއާގެ ގޯލްކީޕަރު ކިމް ސިއުން-ގިއު އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި، ރޯމޯ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.
މެޗުގެ ފަހު މިނެޓުތަކުގައި ސައުތު ކޮރެއާއިން ނަތީޖާ ހަމަހަމަކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. ނަމަވެސް މެކްސިކޯގެ ޑިފެންސްލައިނުން ވަނީ ކޮރެއާގެ ހަމަލާތައް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ހާއްސަކޮށް، މެޗުގެ ފަހު ވަގުތުތަކުގައި މެކްސިކޯގެ ގޯލްކީޕަރު ރައުލް ރަންހެލް ދެއްކި މޮޅު ކުޅުމާއި ސޭވްތަކަކީ އެޓީމު މޮޅުވުމުގައި މުހިންމު ދައުރެއް އަދާކުރި ކަންކަމެވެ.
މި ނަތީޖާއާއެކު މެކްސިކޯ ހަ ޕޮއިންޓާއެކު ގްރޫޕްގެ އެންމެ ކުރީގައި އޮތް އިރު، ސައުތު ކޮރެއާއަށް ކުރިއަށް ދިއުމަށް ދެން އޮތް މެޗުތަކުގައި އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭނެއެވެ. ކޮރެއާއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ގްރޫޕުގައި ދެން ހިމެނޭ ސައުތު އެފްރިކާ އަދި ޗެކް ރިޕަބްލިކަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.
ވޯލްޑްކަޕް ވޯލްޑްކަޕް ގްރޫޕުގެ އެއްވަނަ ކަށަވަރުކޮށް، މެކްސިކޯ ދެވަނަ ބުރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ