ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު އިމްތިޔާޒު އަލީގެ އާ ފިލްމު "މޭން ވާޕަސް އާއުންގާ" ސިނަމާތަކުގައި ދައްކަން ފެށިތާ ހަ ދުވަހު ތެރޭގައި ދުނިޔޭގެ ބޮކްސް އޮފީހުގައި 18.73 ކްރޯޑް ރުޕީސް (2.61 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި މަހު 12 ގައި ރިލީޒްކުރި ފިލްމަށް ބެލުންތެރިންނާއި ކްރިޓިކްސްގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބެމުން އަންނައިރު، ބޮކްސް އޮފީހުގައި ފިލްމުގެ ވިޔަފާރި ވަނީ ރަނގަޅުވާން ފަށައިފަ އެވެ.
އިންޑިއާ އާއި ޕާކިސްތާނު ވަކިވި ދުވަސްވަރުގެ ލޯބީގެ ހާދިސާއަކަށް ބިނާކޮށް ހަދާފައިވާ މި ފިލްމުގެ މައިގަނޑު ރޯލުތައް ކުޅެފައި ވަނީ ދިލްޖީތު ދޮސާންޖު އާއި ޝަރްވަރީ ވާގް އާއި ވޭދާންގް ރައިނާ އަދި ނަސީރުއްދީން ޝާހެވެ.
ފިލްމު ފެށުނީ ކުޑަ އާމްދަނީއަކުން ނަމަވެސް، ފުރަތަމަ ހަފުތާ ބަންދުގައި ފިލްމުގެ ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.
އިންޑިއާ އިން އެކަނި މި ފިލްމަށް މިހާތަނަށް 10.05 ކްރޯޑު ރުޕީސް ލިބިފައިވެ އެވެ. އަދި އެހެން ގައުމުތަކުގައި ދައްކައިގެން ލިބުނު 6.75 ކްރޯޑް ރުޕީސްއާ އެކު، ޖުމްލަ އާމްދަނީ ވަނީ 18.73 ކްރޯޑް ރުޕީސްއަށް އަރައިފަ އެވެ.
ރިޕޯޓުތަކުގައިވާ ގޮތުގައި، ފުރަތަމަ ހަފުތާ ނިމުނުއިރު އިންޑިއާ އިން ލިބުނު އާމްދަނީ 12 ކްރޯޑް ރުޕީސް އަށް ވުރެ މައްޗަށް އަރާފައިވެ އެވެ.
މި ފިލްމު އުފެއްދީ 70 ކްރޯޑް ރުޕީސްގެ ބަޖެޓަކުންނެވެ.
ފިލްމުގެ އާމްދަނީއަށް މިހާ ބޮޑު އަސަރެއް ކުރާ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ، މި ފިލްމާ އެކު އިތުރު ބޮޑު ދެ ފިލްމު ނުކުތުމުން އުފެދުނު ވާދަވެރިކަމެވެ. އޭގެ ތެރޭގައި ކަންގަނާ ރަނާވަތުގެ "ބާރަތު ބާގްޔާ ވިދާތާ" އަދި މަނޯޖް ބަޖްޕާއީގެ "ގަވަރުނަރު" ހިމެނެ އެވެ. އެ ދެ ފިލްމަށް ލިބުނު އާމްދަނީ ވެސް ވަރަށް ބޮޑަށް ދަށެވެ.
ނަމަވެސް، "މޭން ވާޕަސް އާއުންގާ"އަށް ތައްޔާރުކޮށްދިން އޭއާރު ރަހުމާންގެ ރާގުތަކާއި ފިލްމުގެ އަސަރުގަދަ ވާހަކައިގެ ސަބަބުން، އާއިލާތަކުގެ މެދުގައި މި ފިލްމަށް އޮތް މަގުބޫލުކަން އިތުރުވަމުން އަންނަ ކަމަށް ނޫސްތަކުގައި ބުނެފައިވެ އެވެ.
"މޭން ވާޕަސް އާއުންގާ"ގެ ވިޔަފާރި ރަނގަޅު ވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ