5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން 10 ކައުންސިލަކަށް ނާސަރީ ގާއިމުކުރުމަށް ފައިސާގެ އެހީ ދީފި

ސަރުކާރުން ކުރިއަށް ގެންދާ, ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ނާސަރީ ގާއިމްކުރުމަށް 10 ރަށެއްގެ ކައުންސިލަށް ފައިސާގެ އެހީ ދީފިއެވެ. ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަކީ ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅެކެވެ. މި މަޝްރޫއު އިފްތިތާހުކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ތިމާވެށި ދުވަހުއެވެ. އެންވަޔަރަމެންޓް މިނިސްޓްރީއިން ވަނީ މިހާތަނަށް 5.8 މިލިއަނަށް ވުރެ ގިނަ އަހުދު ލިބިފައިވާ ކަމަށާއި 1.6 މިލިއަނަށްވުރެ ގިނަ ގަސް އިންދިފައިވާ ކަމަށް ބުނެފައެވެ. އަދި މި އަހަރުގެ އަމާޒަކަށް ވެފައިވަނީ އިތުރު އެއް މިލިއަން ގަސް އިންދުން ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. https://x.com/moenvmv/status/2069418778992271625 މިނިސްޓްރީއިން ބުނީ ދެމެހެއްޓެނެވި ގޮތެއްގައި ގަސް އިންދުމުގެ މަސައްކަތް ކުރުމަށާއި، އުމްރާނީ ވަސީލަތް ތަރައްގީ ކުރުމަށް ޚާއްސަ ސަމާލުކަމެއް މި މަޝްރޫއުގެ ދަށުން ދެވިގެންދާނެ ކަމަށެވެ. ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނާސަރީ ގާއިމުކުރުމަށް ބޭނުންވާ ގްރާންޓް އެހީ ކައުންސިލުތަކަށް ދިނުމުގެ އެއްބަސްވުމުގައި މިއަދު ވަނީ މިނިސްޓްރީއާއެކު ސޮއިކޮށްފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނާސަރީތައް ތަރައްގީކުރުމަށް މި މަސައްކަތުގެ ފުރަތަމަ ބުރުގައި ސޮއިކުރެވުނު 10 ރަށުގެ ތެރޭގައި ހިމެނެނީ: ހއ. ކެލާ ށ. މިލަންދޫ ނ. ކެނދިކުޅުދޫ ރ. އިންނަމާދޫ ބ. މާޅޮސް އއ. މަތިވެރި މ. މުލައް ތ. ކިނބިދޫ ގއ. ދާންދޫ ގދ. ތިނަދޫ ސިޓީ https://sun.mv/213721 ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން ލ. ގަމުގައި ގަސް އިންދުމަށް ޚާއްސަ ދެ ނާސަރީއަކާއި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ނާސަރީއެއް ހަދާނެކަން ސަރުކާރުން މީގެ ކުރިން ވަނީ އިއުލާނުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ