ދިވެހިރާއްޖޭގައި ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ”ނޭޝަން ޗެޓް“ގެ ދެވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ އިދިކޮޅު ފަރާތްތަކުން ބުނާ އެއްޗަކަށް ބަލައިގެނެއް ނޫންކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ސަރުކާރުން ޖަވާބުދާރީ ވެވޭނީ އިދިކޮޅު ފަރާތްތަކުން ޒިންމާވީ ދުވަހަކުން ކަމަށް ރައީސް ވިދާޅުވިއެވެ.
”އަޅުގަނޑު މަސައްކަތް ކުރަނީކީ އިދިކޮޅު ފަރާތްތަކުން ބުނާ އެއްޗަކަށް ބަލައިގެނެއް ނޫން. އިދިކޮޅު ފަރާތްތައް ރާއްޖޭގައި ޒިންމާދާރު ވީ ދުވަހަކުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށްވެސް އަޅުގަނޑުމެން ވަރަށް ސީރިއަސް ނަޒަރެއް ހަމަ ދޭނަން. ރާއްޖެއަކު ނެތް އިދިކޮޅު ޒިންމާދާރު ފަރާތްތަކެއް މިއަދަކު، މިއަދު އޮތީ ހުރިހާ ކަމަކީ އިދިކޮޅު ހެދުމުގެ ފަރާތްތައް،“ ރައީސް
ރައީސް ވިދާޅުވީ، ކިތަންމެ ރަނގަޅު ހުށައެޅުމެއް ވިޔަސް އެކަމާއި އިދިކޮޅު ހެދުން ނޫންކަމެއް ސިޔާސީ ޕާޓީތަކުން ނުކުރާކަމަށެވެ. އަދި މިވަގުތު ރާއްޖޭގައި ”އުރަތްޕެއް“ އޮތް އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.
”އަދި މި ރާއްޖޭއަކު ނެތް އުރަތްޕެއް އޮތް އިދިކޮޅު ފަރާތެއް،“ ރައީސް
ރައީސް ވިދާޅުވީ، އެމަނިކުފާނު އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ނުބައްލަވާ ކަމަށާއި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށެވެ. މިގޮތުން ވަށާޖެހޭ ދުޅަހެޔޮ ސިއްހީ ނިޒާމެއް ތަންފީޒު ކުރުމަކީ އެމަނިކުފާނު ވަރަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ދުޅަހެޔޮ މުޖުމަމައުއެއް ބިނާކުރުމަށް މީގެ ކުރީގެ އެއްވެސް ސަރުކާރަކުން މަސައްކަތެއް ކޮށްފައިނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ”އުރަތްޕެއް“ އޮތް އިދިކޮޅު ސިޔާސީ އެއްވެސް ޕާޓީއެއް ނެތް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ