ޖިހާދުގެ މައްސަލަ ހުށަހަޅަން ހައި ކޯޓުން ހުއްދަ ދީފި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކުރާ ދައުވާގެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމި ނިންމުން އެ ކޯޓުން ބަދަލު ކޮށްފިއެވެ.
އެ ނިންމުމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ކުރިން އޮތީ ތާއީދުކޮށްފައެވެ.
ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ނިންމާފައިވަނީ އެ މައްސަލަ ބަލައިގަތުމުގެ ހުއްދަ ދޭން ފެންނަ ކަމަށެވެ. ނިންމުން ބަދަލުކޮށްފައިވަނީ އެއީ އަމިއްލަ ބާރުނުފޯރާ ފަދަ ސަބަބެއް މެދުވެރިވެގެން ހިނގާފައިވާ ކަމަކަށް ވާތީއެވެ.
އެ މައްސަލަ އަލުން ހުށަހަޅަން ހައި ކޯޓުން ކުރިން ދިން 15 ދުވަހުގެ މުއްދަތުގެ ތެރޭގައި އެ މައްސަލަ ކޯޓަށް ހުށަނޭޅުނީ ޖިހާދު ކޯޓަށް ހާޒިރުކުރުމުގެ އިންތިޒާމް ހަމަނުޖެހި، އެ މުއްދަތުގެ ތެރޭގައި އޭނާ ރާއްޖޭން ބޭރަށް ވަޑައިގެންފައިވާތީ ކަމަށް ދައުލަތުން ބުނާތީއެވެ.
ޖިހާދުގެ މައްޗަށް ކޮށްފައިވާ ދައުވާ ހައި ކޯޓުން ބޭރުކޮށްލުމުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ސުޕްރީމް ކޯޓުގައި ވެސް ވަނީ އިސްތިއުނާފު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ