ހުރިހާ ހަރަދުތަކެއް ވެސް ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާއި އެއްގޮތަަށް ކަމަަށް ވެސް ވަނީ ބުނެފަ އެވެ.
ފޮރިން މިނިސްޓްރީގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް އާންމުކޮށް އެ މިނިސްޓްރީން ހަރަދު ކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާ އެއްގޮތަށް ކަމަށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ހާމަކޮށްފި އެވެ.
އޮޑިޓަރު ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ފޮރިން މިނިސްޓްރީގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް އާންމުކޮށްފަ އެވެ. އެ ރިޕޯޓްގައި ބުނެފައި ވަނީ 2022 ވަނަ އަހަރު ފޮރިން މިނިސްޓްރީން ހަރަދުތައް ކޮށްފައި ވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓްގެ މަގުސަދުތައް ހާސިލުވާ ގޮތަށް ކަމަށެވެ.އެގޮތުން އެ މިނިސްޓްރީން ހަރަދުތައް ކޮށްފައިވަނީ ބަޖެޓްގައި ކަނޑައެޅިފައިވާ ކަންތައްތަކަށް ކަމަށް ބުންޏެވެ. އަދި ހަރަދުތައް ކޮށްފައިވަނީ ބަޖެޓްގައި ކަނޑައަޅާފައިވާ މިންވަރަަށް ކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.މީގެ އިތުރުން ހުރިހާ ހަރަދުތަކެއް ވެސް ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާއި އެއްގޮތަަށް ކަމަަށް ވެސް ވަނީ ބުނެފަ އެވެ.އޮޑިޓް ރިޕޯޓްގައި ބުނީ ފޮރިން މިނިސްްޓްރީން އެހެނިހެން މާލީ ކަންކަން މައިގަނޑު ގޮތެއްގައި ހިންގާ ބަލަހައްޓާފައި ވަނީ ވެސް ދައުލަތުގެ މާލިއްޔަތު ގާނޫނާއި ދައުލަތުގެ ގަވާއިދާ އެއްގޮތަށް ކަމަށެވެ.އެ ރިޕޯޓްގައި ވަނީ އެ އަހަރު ފައިސާ ލިބުނު ގޮތާ ހޭދަކުރި ގޮތުގެ ތަފްސީލު ހިމަނާފަ އެވެ. އަދި ފާސްކުރެވުނު ބަޖެޓާއި އެ ބަޖެޓުން ހޭދަކުރި ގޮތުގެ ހުރިހާ ތަފްސީލެއް ވެެސް ހިމަނާފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ފޮރިން މިނިސްޓްރީގެ އޮޑިޓް: ހަރަދުކުރީ ބަރާބަރަށް، ޝާހިދަށް އޭ ރިޕޯޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ