ރެއާލް މެޑްރިޑުން ބުނީ ކާވަހާލް އަރާމު ކުރަނީ ރާއްޖޭގަ ކަމަށް

ސްޕެއިންގެ ޑިފެންޓަރު ކާވަހާލް މިވަގުތު ހުރީ އިންޖަރީގަ އެވެ. އޭނާ ދަނީ ކަކުލު ހުޅުގެ އޮޕަރޭޝަނަށްފަހު އަލުން ދަނޑަށް ނުކުންނަން މަސައްކަތް ކުރަމުންނެވެ.
ދުނިޔޭގެ އެންމެ މަަޝްހޫރު އެއް ފުޓުބޯޅަ ކްލަބް ކަމަށްވާ ރެއާލް މެޑްރިޑް ޑިފެންޑަރު ޑެނީ ކާވަހާލް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާކަމަށް އެ ކްލަބުން ބުނެފި އެވެ. 
އަނިޔާގައި މި ވަގުތު ހުރި ކާވަހާލް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާކަން ރެއާލް މެޑްރިޑުން ހާމަކުރީ އެ ކްލަބުގެ ފޭސްބުކް ޕޭޖުގައި އޭނާގެ ފޮޓޯއެއް ޝާއިއު ކުރުމަށްފަހު އެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ ކާވަހާލް މި ވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަމަށެވެ. އެ ކްލަބުން އާއްމުކުރި ފޮޓޯ އިން ފެންނަ ގޮތުގައި އޭނާ އިނީ ބީޗުގައި ސަރަންފީއެއް ބައިންދައިގެން އިށީނދެގެންނެވެ. އެ ކްލަބުން އިއްޔެ އާއްމުކުރި ކާވަހާލްގެ މި ފޮޓޯ 7،000 އަށްވުރެ ގިނަ މީހުން މިހާތަނަށް ބަލާފައިވެ އެވެ. މި ފޮޓޯ އަށް ކާވަހާލްގެ ގިނަ ސަޕޯޓަރުން ކޮމެންޓްކޮށް ވެސް ކޮށްފައިވެ އެވެ. 
ޑެނީ ކާވަހާލްގެ ކަކުލަށް އަނިޔާވެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ސްޕެނިޝް ލީގުގައި ވިޔަރެއާލާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިންނެވެ. ކަކުލުގެ އެންޓީރިއާ ކްރޫޝިއަލް ލިގަމެންޓް (އޭސީއެލް) އަށް ލިބުނު އަނިޔާގެ ސަބަބުން ކާވަހާލް އޮޕަރޭޝަނެއް ވެސް ކޮށްފައިވެ އެވެ. 
ކާވަހާލްވަނީ ރެއާލް މެޑްރިޑްގެ ބީ ޓީމަށް 2012 އާއި 2013 ވަނަ އަހަރު ކުޅުމުގެ އިތުން ބަޔާ ލެވަކޫސަން އަށް ވެސް އޭނާ ކުޅެފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ