ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހަމީދުގެ ކުންފުނި — ނޯތު ކޯސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް އޮފީސް އިމާރާތެއް އެޅުމަށް އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 44 މިލިއަން ރުފިޔާ ދިން މައްސަލަ ތަހުގީގު ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް އައްބާސް ޝަރީފް ފުލުހުންނަށް އަމުރުކޮށްފައި ވަނިކޮށް, އެ ފައިސާއިން ރައިސް މުއިއްޒުއަށް ބައި އަޅަން އެއްބަސް ވުމުން, ތަހުގީގީ މަރުހަލާގައި މައްސަލަ ކުރިޔަށް ނުގެންގޮސް ޕާކް ކުރުމަށް ނިންމައިފިއެވެ.
“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ހުޅުމާލޭގައި އާސަންދަ ކުންފުނީގެ މަލްޓިޕާޕަސް އިމާރާތެއް އަޅަން ހަވާލުކުރި ކުންފުނި، ނޯތް ކޯސްޓް ކޮންސްޓްރަކްޝަނަށް އާސަންދައިން އެޑްވާންސް ފައިސާގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ ކޮރަޕްޝަންގެ މައްސަލަ ތަހުގީގީ މަރުހަލާތަކުގައި އިތުރަށް ކުރިޔަށް ނުގެންދާ ގޮތަށް ޕާކް ކޮށްފައިވަނީ ރައީސް މުއިއްޒު އަންގަވައިގެންނެވެ. އެފައިސާއިން މުއިއްޒުއަށް ބައި އަޅާގޮތަށް “ޑީލް ކަޓް” ކޮށްފައިވަނީ, މުލިއާގޭގެ ޗީފް އޮފް ސްޓާފްގެ މަގާމްގައި ހުރި, މުއިއްޒު އާއިލީ ބޭފުޅެއް ކަމަށްވާ އިގްބާލް މެދުވެރި ވެގެންނެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް މަޖިލިހުގެ ނިމިދިޔަ ދައުރަށް ހޮވުނު މެމްބަރު އަލީ ހަމީދު އެމްޑީޕީއާ ގުޅިވަޑައިގަތީ 2023 ވަނަ އަހަރުގެ އެޕްރިލް މަހުއެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގަތް އިރު، އެ މެންބަރުންގެ ތެރޭގައި އަލީ ހަމީދު ވެސް ހިމެނިވަޑައިގަންނަވައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހަމީދުގެ ކުންފުނި — ނޯތު ކޯސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް އޮފީސް އިމާރާތެއް އެޅުމަށް އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 44 މިލިއަން ރުފިޔާ ދިން މައްސަލަ ތަހުގީގު ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް އައްބާސް ޝަރީފް ފުލުހުންނަށް އަމުރުކުރެއްވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދުގެ ކުންފުނި ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް އޮފީސް އިމާރާތެއް އެޅުމަށް އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 44 މިލިއަން ރުފިޔާ ދިން މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުސް އޮފީހަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސް ކޮށްފި އެވެ.
މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވެސް ވަނީ ކުރިން ބަލާފަ އެވެ. އަދި މިމައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ސަމާލުކަމަށް ގެނައުމަށްވެސް މާލިއްޔަތު ކޮމިޓީން އޮތީ މިދިޔަ އޮކްޓޫބަރު 29 ވަނަ ދުވަހު ފާސްކޮށްފަ އެވެ.ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އަލީ ހަމީދުގެ ކުންފުންޏާ އެންމެ ފުރަތަމަ ހަވާލުކުރީ ހޮސްޕިޓަލެއް އެޅުމަށެވެ. އާސަންދަ ކުންފުނިން މިމަސައްކަތް އަލީ ހަމީދުގެ ކުންފުންޏާ ހަވާލުކުރި ނަމަވެސް 2022 ވަނަ އަހަރު ވަނީ އެ އެއްބަސްވުން ބާތިލްކޮށް ހޮސްޕިޓަލްގެ ބަދަލުގައި އޮފީސް އިމާރާތެއް އެޅުމަށް އަލީ ހަމީދުގެ ކުންފުންޏާ ހަވާލުކޮށްފަ އެވެ. އަދި އޮފީސް އިމާރާތް އެޅުމަށް 2023 ވަނަ އަހަރު އެޑްވާންސް ޕޭމަންޓްގެ ގޮތުގައި އަލީ ހަމީދުގެ ކުންފުންޏަށް ވަނީ 44 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.އާސަންދަ ކުންފުނިން މީގެކުރިން މާލިއްޔަތު ކޮމިޓީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އަލީ ހަމީދުގެ ކުންފުންޏަށް މަޝްރޫއު ކުރިއަށް ގެންދެވިފައި ނުވަނީ އެކަން ކުރުމުގެ ގާބިލްކަން އެ ކުންފުނީގައި ނެތުމުން ކަމަށް އާސަންދަ ކުންފުންޏަށް ބެލެވޭ ކަމަށެވެ.ޕީޖީ އޮފީހުން މިއަދު ބުނީ މި މައްސަލައަކީ ދިވެހި ދައުލަތާއި، ރައްޔިތުންގެ އާންމު މަސްލަހަތު މަތީ ދަރަޖައަކަށް އޮތް ހައްސާސް މައްސަލައެއް ކަމަށެވެ. އެހެންވެ މި މައްސަލައަށް އިތުރު ސަމާލުކަމެއް ދީގެން އަދި ހާއްސަ ތަހުގީގު ޓީމެއް އެކުލަވާލައި، އަވަސް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް އެދިފައިވާނެ ކަމަށްވެސް ބުންޏެވެ.
“އަދި މި މައްސަލައިގައި ހިމެނޭ ފަރާތްތަކާ ގުޅޭ މި ބާވަތުގެ އިތުރު ޕްރޮޖެކްޓެއްވާނަމަ އެކަންކަންވެސް މި މައްސަލައިގެ ތެރެއިން ތަހުގީގު ކުރެއްވުމަށް ދަންނަވާފައިވާނެ އެވެ،” ޕީޖީ އޮފީހުން ބުންޏެވެ.
މުއިއްޒުއަށް ކޮރަޕްޝަންގެ ފައިސާއިން ބައިއަޅަން އަލީ ހަމީދު ނިންމިއިރު, މުއިއްޒު ގެންދަވަނީ ދައުލަތުގެ އެތައް ކުންފުންޏެއްގެ އެމްޑީން މެދުވެރިކޮށް ކޮރަޕްޝަންގެ ފައިސާ ނަންގަވަމުންނެވެ. އަދި އެފައިސާއިން މުއިއްޒު ގެންދަވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށްވެސް ކޮރަޕްޝަންގެ ފައިސާ ބައްސަވަމުންނެވެ.
މުއިއްޒުއަށް ބައި އަޅާގޮތަށް އެއްބަސްވުމުން, ކުރީގެ މެމްބަރު އަލީ ހަމީދުގެ 44 މިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލަ ކުރިޔަށް ނުގެންގޮސް ޕާކް ކޮށްފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ