ރާއްޖޭގެ ފަސް ރަށެއްގައި އިއާދަކުރަނިވި ހަކަތައިން މިއަހަރު ކަރަންޓު ދޭން ސްޓެލްކޯއިން ތައްޔާރުވަމުން އަންނަ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވިގޮތުގައި އެކުންފުނީގެ ވިސްނުމަކީ ހިދުމަތް ދެމުން އަންނަ 33 ރަށުގައިވެސް އިއާދަކުރަނިވި ހަކަތައިން ހިދުމަތް ދެވޭގޮތް ހެދުމެވެ. އެގޮތުން ފަސް ރަށެއްގައި އެ މަޝްރޫއު ފެށުމުގެ ގޮތުން އެންމެ ލަސްވެގެން އަންނަ މަހުގެ ތެރޭގައި އެއްބަސްވުމާ ހަމައަށް އާދެވޭނެ ކަމުގައި ފަހުމީ ވިދާޅުވިއެވެ.
އިއާދަކުރަނިވި ހަކަތައިން ކަރަންޓު ފޯރުކޮށްދޭން ފެށުމުން ތެލަށް ކުރާ ހޭދަ އެތައް ގުނައެއް ކުޑަކުރެވިގެންދާނެ ކަމުގައި ފަހުމީ ވިދާޅުވިއެވެ.
ފަސް ރަށެއްގައި އިއާދަކުރަނިވި ހަކަތައިން މިއަހަރު ކަރަންޓު ދޭން ސްޓެލްކޯއިން ތައްޔާރުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ