ދިރާގުޕޭއަށް ރަޖިސްޓަރީކޮށްގެން އައިފޯން 16އެއް ހޯދުމުގެ ފުރުސަތު
ދިރާގުޕޭގެ އައު ޕްލެޓްފޯމް ޑައުންލޯޑުކޮށް, ރަޖިސްޓަރީކޮށްގެން އައިފޯން 16އެއް ހޯދުމުގެ ފުރުސަތު ދިރާގު ފިންޓެކްއިން ހުޅުވައިލައިފިއެވެ. ދިރާގުޕޭގެ އައު ޕްލެޓްފޯމަށް ރަޖިސްޓަރީކޮށްފައިވާ އަދި އަލަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންނަށް ހުޅުވައިލައިގެން މިހާރު ކުރިއަށް ގެންދާ މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިޔާއަށް މި އަގުހުރި އިނާމު ލިބޭނެއެވެ. ދިރާގުޕޭ އީ-ވޮލެޓްއިން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާދެއްކުން ހިމެނެއެވެ. ދިރާގުން ބުނީ މި ޚާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންނާ ހަމައަށް ޚާއްސަ އިނާމުތައް ފޯރުކޮށްދިނުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކޮށް، ފައިސާގެ މުއާމަލާތުތައް ކުރުމަށް ކަސްޓަމަރުންނަށް ރައްކާތެރި، ހަލުވި އަދި ފަސޭހަ މަގެއް ފަހިކޮށްދިނުމުގެ މަގުސަދުގައި ދިރާގު ފިންޓެކްއިން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. ދިރާގު ފިންޓެކްއަކީ، ދިވެހިރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ބިނާކުރުމަށް ކުރާ މަސައްކަތްތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންދާ ދިރާގުގެ ސަބްސިޑިއަރީ ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ