ނުރަސްމީ ދަތުރެއްގައި މުއިއްޒު ސިންގަޕޫރަށް ވަޑައިގެންފި
ރައީސް ޑރ. މުހައްމަދު މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ރޭ ސިންގަޕޫރަށް ވަޑައިގެންފި އެވެ.ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް މުއިއްޒު ސިންގަޕޫރަށް ނުރަސްމީ ގިނަ ދަތުރުތަކެއް ކުރައްވާފައިވެ އެވެ. ނަމަވެސް އެ ދަތުރުތަކުގެ ބޭނުމެއް ހާމައެއް ނުކުރެ އެވެ. ރައީސް އޮފީހުން ބުނީ އެ މަނިކުފާނު ރޭ ސިންގަޕޫރަށް ފުރައިވަޑައިގެންނެވީ ނުރަސްމީ ދަތުރެއްގައި ކަމަށެވެ. ނަމަވެސް ދަތުރުގެ ތަފުސީލެއް ހާމައެއް ނުކުރެ އެވެ.އެންމެ ފަހުން އަނބިކަނބަލުން ސާޖިދާ މުހައްމަދާއެކު މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ، އެ ގައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް، ޖޫން 29 އިން ޖުލައި 2 އަށް ކުރެއްވި ރަސްމީ ދަތުރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ