ގައުމީ އެންޓި ޑޯޕިން އެޖެންސީ އުފައްދަވައިފި

ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައި، މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީއަކީ އިދާރީ ގޮތުން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނާ ގުޅިފައިވާ އެޖެންސީއެއް ނަމަވެސް، އެ އިދާރާ ހިނގަމުންދާނީ ގާނޫނު ނަންބަރު 30/2015 ގެ 38ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ފަދައިން، ކުޅިވަރުގެ މައިދާނުގައި ޑޯޕިންގ ކޮންޓްރޯލްކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ކަނޑައެޅޭ މުސްތަޤިއްލު ބޯޑެއްގެ ދަށުންކަމުގައި ބަޔާންކުރައްވާފައިވެއެވެ.
މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީއަށް ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ޖައްސަވާނެ ނަންބަރަކީ، 1138 ކަމުގައިވެސް، ރައީސް އޮފީހުގެ ނަންބަރު 2026/5 ވަނަ ދެންނެވުމުން މިއަދު ވަނީ އަންގަވާފައެވެ.
މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީއަކީ، 19 މޭ 2025 ގައި ރައީސް ތަސްދީގު ކުރެއްވި ގާނޫނު ނަންބަރު 30/2015 (ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލުގެ ދަށުން، ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން އޮންނާނެކަން ކަށަވަރު ކޮށްދޭނެ އެޖެންސީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ