ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުރި މާލެ ސިޓީ ކައުންސިލަރުންނާ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ބައްދަލުކުރައްވައިފިއެވެ. އަންގާރަ ދުވަހުގެ މެންދުރުކުރިން މާލެ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ އަލަށް އިންތިހާބުވި ކައުންސިލަރުންނަށް މަރުޙަބާ ދެންނެވުމާއި، ކުރިއަށް އޮތް ތަނުގައި މަސައްކަތްތައް ބައްޓަންކުރާނެ ގޮތާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.
މާލޭގެ ހުރިހާ ދާއިރާއެއްގައި ހުރި ދަތިތަކާއި މައްސަލަތައް ވަޒަންކޮށް، އެ ކަންކަމަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ފެށުމަށް އިންތިހާބީ ކައުންސިލަރުންނަށް ބައްދަލުވުމުގައި މޭޔަރ އާޒިމް އިރުޝާދު ދެއްވިއެވެ.
މާލޭގެ ތަރައްގީއަށާއި ރައްޔިތުންގެ ލާބައަށް ކުރެވޭ މަސައްކަތްތަކުގައި ހުރިހާ ކައުންސިލަރުންގެ ފުރިހަމަ އެއްބާރުލުން މޭޔަރަށް ބޭނުންވާނެކަން މޭޔަރ ޢާޒިމް ފާހަގަކުރެއްވިއެވެ.
ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިޖާބަދޭ ކައުންސިލަރުންތަކަކަށް ވުމަށް މޭޔަރ އާޒިމް ވަރަށް ބޮޑަށް ނަސޭހަތްތެރިވިއެވެ.
އިންތިހާބީ މާލެސިޓީ ކައުންސިލް:
މާލޭ އިންތިހާބީ ކައުންސިލަރުންނަށް މޭޔަރ އާޒިމް މަރުހަބާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ